Advertisement
ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 17:11
ރައީސް އިބްރާހީމް މުހައްމަދު ސާލިހް ދެއްވަދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސް އިބްރާހީމް މުހައްމަދު ސާލިހް ދެއްވަދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ދެއްވަދޫގެ ވައުދުތައް
އައިސް ޕްލާންޓާއެކު، މަސް ރައްކާކުރާނެ ތަނެއް ދެއްވަދޫގައި ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ސިޔާސީ ޚިޔާލު ތަފާތުވުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެއް ނޫން
ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ހައުސިންގ ޔުނިޓް އަޅުއްވާނެ

ދެވަނަ ދައުރުގައި އައިސްޕްލާންޓާއެކު، މަސްރައްކާކުރާނެ ތަނެއް ގއ. ދެއްވަދޫގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިކަންކަަމަށް ވައުދުވެވަޑައިގެންނެވީ، "އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަަށް ގއ. ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކުރަންޖެހޭ ކަމަކީ އަސާސީ ޚިދުމަތްތައް ގާއިމްކުރެއްވުން ކަމަށެވެ. އެކަންކަމުގެ ބިިންގާ މި 5 އަހަރު ބިންގާ އެޅިއްޖެކަމަށާއި، ދެން އޮތީ އެ ގަސްތަކަށް ފެންދީ, ހައްދައި، މޭވާ ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ފެށި މަސައްކަތުން ނަތީޖާ ދެން ފެންނާނެ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ އަންނަ ދައުރުގެ ތެރޭގައި ދެއްވަދޫއަށް ކޮށްދެއްވާނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދެއްވަދޫގައި އައިސް ޕްލާންޓް ހެދުމާއެކު، ކުރު މުއްދަތަކަށް މަސް ރައްކާކުރާނެ ތަނެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، މަލްޓިޕަރޕަސް ހޯލު ސްކޫލަށް އިތުރުކޮށްދެއްވައި، ކައުންސިލް އައު އިމާރާތް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ހައުސިންގ ޔުނިޓް އަޅުއްވާނެ ކަމަށާއި، ބިން ހިއްކުމާއެކު މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮންމެ ރަށަކަށް ވަކި ސިޔާސަތެއް އެބައޮތް ކަމަށެވެ. އެދިވަޑައިގަންނަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއެކު ތިބުން ކަމަށާއި، ޕާޓީގެ ތެރޭގައި އޮތް ހަލަބޮލިކަމާއެކު ކޮންމެވެސް އަސަރެއް ކޮށްފައި އޮންނާނެކަން ގަބޫލުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ބޭފުޅުންނަށް ވިދާޅުވާން އޮތީ، އިންތިޚާބުގެ ނަތީޖާ ވާނެ ގޮތް އެނގިވަޑައިގަންނަވާއިރު ވޯޓު ބޭކާރު ނުކުރެއްވުމަށާއި، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ތަރައްގީއަށް ކުރާ މަސައްކަތަށް ހުރަސް ނޭޅުއްވުމަށް ކަމަށެވެ. އަދި ސިޔާސި ޚިޔާލު ތަފާތުވުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެއް ނޫންކަމަށާއި، އެމީހަކު އުޅޭ ތަނަކުން އުފަލާއެކު އުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް