ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 11:42
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ވޯކާ
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ވޯކާ
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ބަޔާނުން ފާރަލަމުން އައި ޑިފެންޑަރު ވޯކާ، ސިޓީގައި މަޑު ކުރަނީ
 
ސިޓީން ވޯކާ އަށް ހުށަހަޅަނީ އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުން އައު ކުރުމަށް

މެެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ކައިލް ވޯކާ އެ ކުލަބުގެ އެއްބަސްވުން އައު ކުރަން ނިންމާފައިވާ ކަމަށް މީޑިއާ ތަކުން ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ 2024 ވަނަ އަަހަރުގެ ނިޔަލަށެވެ. ވޯކާ ހޯދުމުގެ މަސައްކަތް ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް ވަނީ ކޮށްފަ އެވެ. ވޯކާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އޭނާއާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ވޯކާ މިހާރު ވަނީ ސިޓީގެ އެއްބަސްވުން އައު ކުރުމަށް ނިންމާފައި ކަމަށް މީޑިއާ ތަކުން ބުނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިޓީން ރަސްމީކޮށް އޭނާ އަށް އައު އެއްބަސްވުން ފޮނުވާނެ އެވެ. ސިޓީން ވޯކާ އަށް ހުށަހަޅަނީ އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުން އައު ކުރުމަށް ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ޓޮޓެންހަމްގައި ހުރުމަށް ފަހު ވޯކާ ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 255 މެޗުގައި ހަ ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ 14 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ވޯކާ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިސްކަން ދެމުން އަންނަ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް