Advertisement
ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 10:05
ޕްލޭނިންގ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފުލެޓް ދިނުމަށް ނިންމައިފި
އެ މިނިސްޓްރީގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދެއްވުމަށް އެދިފައިވޭ
ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނެ
"ގެދޮރުވެރިން ޕޯޓަލް"  މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނީ  8 އޯގަސްޓް އިން 22 އޯގަސްޓްގެ 23:59 ނިޔަލަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ ގެދޮރުވެރިޔާ ސްކީމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފުލެޓް ދިނުމަށް ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް"  މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމު  8 އޯގަސްޓް 2023 އިން 22 އޯގަސްޓް 2023 ގެ 23:59 ނިޔަލަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މި މިނިސްޓްރީގެ ފަރާތުން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ މަޢުލޫމާތު ކަށަވަރުކުރުމުގައި އެ މިނިސްޓްރީގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދެއްވުމަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް