Advertisement
ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 13:36
ޒަމީލާއި އޭނާގެ އަނބިކަބަލުން ފޯމު ހުށަހަޅަނީ
ޒަމީލާއި އޭނާގެ އަނބިކަބަލުން ފޯމު ހުށަހަޅަނީ
އަދަދު
ޒަމީލް އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުން
އިންތިޚާބުގައި ވާދަކުރުމަށް ޒަމީލާއި އޭނާގެ އަނބިކަނބަލުން ފޯމު ހުށަހަޅައިފި
އީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސް ފުއާދު ތައުފީގު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލާއި އޭނާގެ އަނބިކަބަލުން ފޯމު ހުށަހަޅުއްވައިފި އެވެ.

ޒަމީލު ފޯމު ހުށަހަޅުއްވާފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ޒަމީލުގެ ފޯމާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސް ފުއާދު ތައުފީގެވެ. އޭނާ ހުށަހެޅުއްވީ 1,670 ތާއީދު ސޮޔާއެކު އެވެ.

މއ. މާވެޔޮ ވިލާ ޒަމީލްގެ ރަނިން މޭޓަކީ އޭނާގެ އަނބިކަަބަލުން ގ. ދާސްތާން މަރިޔަމް އަލީމް އެވެ. އަދި ޒަމީލްގެ އިންތިޚާބީ އެޖެންޓަކީ އޭނާގެ ދަރިކަލުން އަހްމަދު މަހްރާން ޒަމީލެވެ.

Advertisement

ޒަމީލް ޑިފެންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އައްޔަނު ކުރެއްވީ 20 ފެބްރުއަރީ 2019 ގައެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ 13 ޖުލައި 2023 ގައެވެ.

ޒަމީލްގެ ރަނިން މޭޓް މަރިޔަމް އަލީމް ވަނީ 21 އަހަރުގެ ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމެންޓުގައި މަސައްކަތް ކުރައްވާފައެވެ. އަދި އޭގެފަހުން 11 އަހަރު ޕީޖީ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
7 އޯގަސްޓް 2023 | ހޯމަ 14:55
ނަސީދު
އާއިލީ ވެރިކަމެއް ކުރުމައް