Advertisement
ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 14:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިނބުދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިނބުދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރިނބުދޫގެ ތަރައްގީ
ރިނބުދޫ ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދޭނަން - ރައީސް
މިިދޔަ 5 އަހަރަކީ ހަމަޖެހުމާއި ސުލްހަ ގެނެސްދެވުނު 5 އަހަރު
ރައީސް ސިޔާސަތެއް މިރޭ އިއުލާން ކުރާނެ

ދ. ރިނބުދޫ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި ރިނބުދޫ ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ 5 އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ހުންނެވީ ރައްޔިތުން އެދޭ ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވާ ދެއްވުމަށް ކަމަށާއި، އާބާދީ ކުޑަވިޔަސް ދިރިއުޅޭ މީހުން މަދުވިޔަސް ތަފާތުކުރުމެއް ނެތި ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބަނދަރާއި ފެނާ ނަރުދަމާގެ ނިޒާމަކީ މިއިން ޒަމާނެއްގައި ލިބޭނެކަމަށް އުއްމީދުރާނެ ކަމެއް ނޫން ކަމަށާއި، ސަރުކާުރުން އަންނަނީ އެ ހިދުމަތް ތަފާތުކުރުމެއް ނެތި ދެއްވަމުން ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އޮންނާނީ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިިދޔަ 5 އަހަރަކީ ހަމަޖެހުމާއި ސުލްހަ ގެނެސްދެވުނު 5 އަހަރު ކަމަށެވެ. ކުރިޔާ ތަފާތުތަކެއް ފެންނާނެ ކަމަށާއި، އިންތިހާބުގައި ގޮތެއް ނިންމާއިރު މިިކަންތައްތަކާއި ދޭތެރޭ ރައްޔިތުން ވިސްނަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އަނިޔާވެރިވުން ކަމަށާއި، ނޫސްވެރިކަން އޮބަހެއްޓުމާއި މަޖިލީހުގައި ތަޅުލާ ފަނޑިޔާރުގެއަށް ބާރުފޯރުވުން ކަމަށެވެ. ނަމަވެސް މި ވޭތުވެގެންދާ 5 އަހަރު ކަން ހިނގާފައިވާ ގޮތާއި މެދު ވިސްނާވަޑައިގަންނަވަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކުރީ ސަރުކާރުން ހިލޭ ޑިގްރީއަށް އެންމެެ ދަރިވަރަކުވެސް ކިޔަވާފައިނުވާނެ ކަމަށާއި، މި ސަރުކާރުން ފުރަތަމަ ޑިގްރީއަށް 18،000 ދަރިވަރުން ކިޔަވަމުންދާއިރު، ރިނބުދޫން 12 ދަރިވަރުން ނިމި 15 ކުއްޖަކު ކިޔަވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރިނބުދޫގެ ތަރއްގީއަށްޓަކައި ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، ސިޔާސަތު ކަނޑައަޅާއިރުގައި، ޒަމާނީ ހުކުރު މިސްކިތެއް އިމާރާތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކްލާސްރޫމް އިތުރުކޮށްދެއްވާނެ ކަމަށާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާ، ގޯތި ގެދޮރުގެ މައްސަލަ ހައްލުކޮށް ލޭންޑްޔޫސް ޕްލޭން ފާސްވުމުން ކައުންސިލާއި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ވޮލީކޯޓާއި، ސިއްހީ މަރުކަރަކަށް ގެންނަ ޖެހޭ ބަދަލު ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތެއް މިރޭ އިއުލާން ކުރައްވާނެ ކަމަށާއި، އޭގައި ތަފްސީލު މިރޭ ހާމަކުރައްވާނެ ކަމަށެވެ. އެގޮރުން އަލަށް ގެސްޓްހައުސް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުނަނަށް ބޭނުންވާ ލޯން ސްކީމެއް ތާރަފްކުރެވިގެންދާނެ ކަމަށާއި، މީގެ އިތުރުން ވެސް ކުރިއަށް އޮތް 2 ހަފްތާގައި ސިޔާސަތުތައް ހާމަކުރަމުންގެންދަވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް