ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 10:01
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ޑރ މުޙައްމަދު މުއިއްޒު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ޑރ މުޙައްމަދު މުއިއްޒު
ރައީސް އޮފީސް
ޕީޕީއެމް/ޕީއެންސީ
މުއިއްޒާ ދެކޮޅަށް، ޔާމީން ބަޔާނެއް ނެރުއްވަނީ
 
އިދިކޮޅު ބައެއް އިސްވެރިންގެ ވެސް ތާއީދެއް މުއިއްޒު އަށް ނެތް
 
ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް އަންގަވާފައި
 
އިންތިޚާބުގައި ވާދަކުރެއްވުމަށް ހޯމަ ދުވަހު މުއިއްޒު ވަނީ ފޯމު ހުށަހަޅުއްވާފައި

ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާ މާލެސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒާ ދެކޮށް، ޕީޕީއެމް/ޕީއެންސީގެ އިސް ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަޔާނެއް ނެރުއްވަން އުޅުއްވާކަން ކަށަވަރު ވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ވަގުތެއްގައި ޔާމީން ބަޔާން ނެރުއްވާނެއެވެ. އެބާޔަނުގައި ޔާމީންގެ ތާއީދު މުއިއްޒަށް ނެތް ކަމަށާއި، ޕީޕީއެމް/ޕީއެންސީގެ މެންބަރުން މުއިއްޒަށް ވޯޓު ނުދެއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިބަޔާނަކީ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ޔާމީން އަންގާފައިވަނިކޮށް، އިންތިޚާބުގައި ވާދަކުރުމަށް މުއިއްޒު ފޯމް ހުށަހަޅުއްވާފައިވާތީ ނެރުއްވާ ބަޔާނެކެވެ.

ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމްކޯޓުން ހުކުމް ކުރުމާއެކު، ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދި އިދިކޮޅު ލީޑަރުންނަށް ނޯޓު ދީފައެވެ. އެނޯޓާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ސެނެޓު ބައްދަލުވުމެއް އާދިއްތަ ދުވަހުގެ މެންދުރުފަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ނިންމީ އިންތިޚާބު ބޮއެކޮޓު ނުކުރުމުގެ ލަފާ ޔާމީންއަށް އެރުވުމަށެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ޔާމީންގެ އަނބިކަބަލުން މެދުވެރިކޮށް ޔާމީން ވަނީ ސެނެޓުގެ ނިންމުން ބަލައިނުގަންނަވާނެ ކަމަށް އަންގަވާފައެވެ. އެއާއެކު އާދިއްތަ ދުވަހުގެ ރޭ ވެސް އިސް ބޭފުޅުންގެ ބައްލުވުމުގެ ކުރިއަށް ދިޔައެވެ.

އެބައްދަލުވުމަށްފަހު އިދިކޮޅު ބައެއް ބޭފުޅުން ވަނީ މުއިއްޒު ތައީދު ކުރުމަށް ވެސް ނިންމާފައެވެ. ނަމަވެސް ޔާމީންގެ ނިންމެވުމާ އެއްގޮތަށް ބައެއް ބޭފުޅުންގެ ތާއީދެއް މުއިއްޒަކަށް ނެތެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް މުއިއްޒު ފޯމް ހުށަހަޅުއްވާފައިވާއިރު، އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޔާމީންގެ އަރިސް މަޖިލިސް މެންބަރެއް ކަމަށްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ކޮމެންޓް
7 އޯގަސްޓް 2023 | ހޯމަ 20:09
ޢިބުރާހިމް
ޔާމީން މުއިއްޒު އާ ދެކޮޅަށް ބަޔާނެއް ނެރުނަސް ޕީޕީއެމް ޕީއެންސީ ކޯލީސަނުން އޭނާ ނެރެފިނަމަ ޔަޤީނުން ވެސް މިފަހަރުވެސް އަދި ފަހުންވެސް ރައްޔިތުން ވޯޓު ދޭނެ.