Advertisement
ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 12:01
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ މައްސަލަ
ޔާމީނު ސުޕްރީމް ކޯޓުގައި އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެ
އެ ފައިސާ ދެއްކުމަށް ޔާމީނަށް މީރާއިން އަންގާފައިވާކަން ލިޔެކިއުންތަކުން އެނގޭކަމަށް ފަނޑިޔާރު ވިދާޅުވި
އެ ލިއުމުގައި ޔާމީނު ސޮއި ކުރައްވައި އިނގިލީގެ ނިޝާންވެސް ޖަހާފައިވޭ
ޔާމީނު ވިދާޅުވެފައިވަނީ 5 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު ހަމަވިކަން މީރާއިން އަންގާފައިނުވާކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.

ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދިޔައިރު، ޔާމީނު ވިދާޅުވެފައިވަނީ 5 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު ހަމަވާ ދުވަސް މީރާއިން އަންގާ ކަމަށާއި، މީރާއިން އަދި އެފަދަ އެންގުމެއް އަންގާފައިނުވާކަމަށެވެ.

Advertisement

އެހެންނަމަވެސް މި މައްސަލައިގެޙުކުމްކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، 5 މިލިއަން ޑޮލަރުގެ ފައިސާ 6 މަސްތެރޭ ދައްކަންޖެހޭއިރު، އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިނުވާތީ، އެއީ ސާބިތު ދަރަންޏެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އަދި ޙުކުމުގައިވާގޮތަށް 6 މަސްތެރޭ އެ ފައިސާ ނުދެއްކުމުން، 3 ޖުލައި 2023 ގައި އެ ފައިސާ ދެއްކުމަށް ޔާމީނަށް މީރާއިން އަންގާފައިވާކަން ލިޔެކިއުންތަކުން އެނގޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ލިއުމުގައި ޔާމީނު ސޮއި ކުރައްވައި އިނގިލީގެ ނިޝާންވެސް ޖަހާފައިވާކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލުމަށް:

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް