Advertisement
ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 05:47
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ، ސަމާލުވޭ
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ، ސަމާލުވޭ
އަމްނާ އިމާދު
މޫސުން ގޯސްވުން
ފ.އަތޮޅުން އައްޑޫސިޓީ އަށް ހުދު ސަމާލު ނެރެފި
ހުދު ސަމާލު ނެރެފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށް

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ފ.އަތޮޅުން އައްޑޫސިޓީ އަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާޢި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.

އެ އިދާރާއިން ވަނީ ފ.އަތޮޅުން ފެށިގެން އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

Advertisement

އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކަށް ދަނީ އުދައިގެ އަސަރުކުރަމުންނެވެ.

އެގޮތުން މާލެ ސަރަަހައްދަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އާއްމުންގެ ކިބައިން ކަމާއި ބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް