ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 12:50
ސްކޫލެއްގައި ކިޔަވައިދެނީ
ސްކޫލެއްގައި ކިޔަވައިދެނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ސްކޫލުތައް ހުޅުވުން
ސްކޫލްތައް މާދަމާ ހުޅުވޭއިރު ހުރިހާ ޓީޗަރުން ހަމަ!
 
ގިނަ އަދަދެއްގެ ޓީޗަރުން ދާއިރާއާ ގުޅެމުންދޭ

ރާއްޖޭގެ ސްކޫލްތައް އޮގަސްޓް 6ގައި ހުޅުވޭއިރު ސްކޫލުތަކަށް ހުރިހާ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތައް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، ޓީޗަރުން ހަމަވެފައި ވާކަމަށެވެ.

މުސާރައަށް އައި ބަދަލާއެކު ގިނަ އަދަދެއްގެ ޓީޗަރުން ދާއިރާއާ ގުޅެމުންދާކަމަށް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ. މިސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެނެސްދިން ބަދަލާއެކު، ދާއިރާ ދޫކޮށް އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރި ގިނަ އަދަދެއްގެ ޓީޗަރުން އަލުން ދާއިރާއާ ގުޅެމުންދާކަމަށާއި، އެކަން އަތޮޅުތެރޭގެ ސްކޫލުތަކުން ވަރަށް ބޮޑަށް ފާހަގަވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ސާނަވީ ތައުލީމު ނިންމާފައި ނުކުންނަ ގިނަ އަދަދެއްގެ ކުދިންވެސް ޓީޗިންގ ދާއިރާއާ ގުޅެން ބޭނުންވެ، ދާއިރާއިން ކޯސް ހެދުމަށް ޝައުގުވެރިކަން ފާޅުކުރާ ކުދިން ގިނަ ކަމަށާއި، އަދި މިހާރުވެސް މިދާއިރާއިން ގިނަ އަދަދެއްގެ ދަރިވަރުން ކޯސް ފުރިހަމަކުރަމުން ދާކަމަށެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ، 5 ރޭންކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ބޮޑުވެގެންދެއެވެ. މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުވެގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި