ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 14:17
ލުކާކޫ ޔުނައިޓެޑް ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން
ލުކާކޫ ޔުނައިޓެޑް ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން
ޓްވިޓަރ
މެންޗެސްޓާ ޔުނައިޓެޑް
ލުކާކޫ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗުން އެޓީމު ބޮޑު ތަފާތަކުން މޮޅުވެއްޖެ
ގެލެކްސީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 2-5 ގެ ނަތީޖާއަކުން

އެވަޓަންގެ ކުރީގެ ފޯވާޑް ރޮމެލޫ ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗުން އެޓީމު ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި އެލްއޭ ގެލެކްސީއާ ދެކޮޅަށް ކުޅެ ޔުނައިޓެޑް މޮޅުވީ 2-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ކެލިފޯނިއާގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މާކަސް ރަޝްފަޑް އެވެ.

މި ލަނޑަށްފަހުވެސް އެޓީމުންދިޔައީ ގެލެކްސީގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން 20 ވަނަ މިނެޓުގައި ރަޝްފަޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ހަ މިނެޓު ފަހުން ފެލާނީވެސް ވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ގެލެކްސީގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ޔުނައިޓެޑް ނިކުތީ ލުކާކޫއާއެކުގައެވެ. ލުކާކޫ ކުޅެން އެރީ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި ރަޝްފަޑްގެ ބަދަލުގައެވެ. އޭނާ ވަނީ ކުޅެން އަރާ މޮޅު ކުޅުމެއް ދައްކާފައެވެ.

ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 67 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މިހްތަރިޔާން އެވެ. އޭގެ ފަސް މިނެޓު ފަހުން ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑު ކާމިޔާބުކުރީ އެންތޮނީ މާޝިއާލް އެވެ.

މި ލަނޑުތަކަށްފަހުވެސް ރަނގަޅަށް ކުޅުނީ ޔުނައިޓެޑެވެ. އެހެންނަމަވެސް މެޗުގެ ފަހު 10 ވަރަކަށް މިނެޓު ތެރޭގައި ގެލެކްސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ޑޮސް ސަންޓޯސް ވަނީ ފަހު 10 މިނެޓު ތެރޭގައި އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި އަންނަ އަންގާރަ ދުވަހު ޔުނައިޓެޑް ނިކުްނނާނީ ރެއާލް ސޯލްޓް ލޭކްއާ ދެކޮޅަށެވެ. ހުކުރު ދުވަހު ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ނިކުންނައިރު، މި މަހު 23 ގައި އެޓީމު ނިކުންނާނީ ރެއާލްއާ ދެކޮޅަށެވެ. އަދި 27 ވަނަ ދުވަހު އެޓީމު ނިކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް