ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 16:40
ރައީސް ޞާލިހާއި މިނިސްޓަރ މައުސޫމް
ރައީސް ޞާލިހާއި މިނިސްޓަރ މައުސޫމް
ރައީސް އޮފީސް
ރައީސް ސާލިހު
ރައީސް ސާލިހަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ޗޮއިސްއެއް: ޑރ. މައުސޫމް
 
ރައީސަލީ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ޗޮއިސްއެއް ކަމަށް ޓުއަރިޒަމް މިނިސްޓްރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފަނަކީ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށެވެ. ޤައުމީ ތަރައްޤީއާއި، ސުލްހައާއި، ތަނަވަސްކަމާއި، ރައްޔިތުންގެ އުފާވެރިކަމަށް ވޯޓުލަމާ ރައީސް ސާލިހަށް ވޯޓްލުމަށް މައުސޫމް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރަކަށް ތާއިދުކުރައްވާކަން ޑރ. މައުސޫމް ހާމަކުރެއްވީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ރައީސް ޞާލިހާއި ސަލާމް ކުރައްވާ ފޮޓޯއަކާއެކު، މިނިސްޓަރ މައުސޫމް އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ރައީސް ޞާލިހަށް، އެއްވެސް ޝަރުތަކާއި ނުލާ ތާއިދުކޮށް، ބައިއަތުހިފާކަން އެންމެންނަށް އަންގާކަމަށް ވިދާޅުވެ ފޮޓޯއާއެކު މިނިސްޓަރު ވަނީ ޓްވީޓް ކުރައްވާފައެވެ.

ޑރ، މައުސޫމް މިފަދައިން ވިދާޅުވެފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއިން މީގެ ކުރިން ނުކުރެވި ހުރި ވަރަށް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ މި ދާއިރާގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ ދާއިރާގެ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތް ކަމަށެވެ. މިކަމުގައި މުވައްޒަފުންގެ ހިއްސާ ބޮޑުއިރު، އެމީހުންނަކީ ހިތްހަމަޖެހިގެން އުޅޭ ބަޔަކަށް ވުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖުގެ މަސައްކަތަކީ މި ހުރިހާ ދުވަހު ނުވެ އޮތް މަސައްކަތެއް ކަމަށެވެ. މި ވާހަކަ އެންމެ ބޮޑަށް ދެކެވެމުން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްކޮށް ކަމަށާއި، އެކަން ވެސް މިއަދު ކަނޑައެޅިފައިވާކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން ގާނޫނުގެ ތެރެއިން ސާވިސް ޗާޖު ބަހާ ގޮތް އިސްލާހުކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިމަން ވޭޖު ތައާރަފުކުރުމާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. މިގޮތުން ރިސޯޓު މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުންގެ މުސާރަ ދެގުނަވާ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
14%
0%
0%
0%
86%
ކޮމެންޓް
5 އޯގަސްޓް 2023 | ހޮނިހިރު 12:21
އަސަރޭ
ޑރ. ހަމަ ބެސްޓް ވާހަކައެއް. އީބު އިސް ދަ ބެސްޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް