ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 16:07
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ ހޯމް ލޯނާއި ފައިނޭންސް
ބީއެމްއެލްގެ ހޯމް ލޯނާއި ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފި
 
ލޯންތައް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދީފައިވޭ

ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރު ގަތުމަށާއި، ފައިނޭންސް ކުރުމަށް ނަގާ ލޯނާއި އިސްލާމިކް ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބީއެމްއެލުން ވަނީ ލޯންތައް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދީފައެވެ. އަދި އަނބުރާ ދައްކަން ފެށުމުގެ ކުރިން ލިބޭ ގްރޭސް ޕީރިއަޑްގެ މުއްދަތު 24 މަހަށް އިތުރުކޮށްދީފައެވެ.

މީގެ ކުރިން އެ ލޯންތައް އަނބުރާ ދައްކަން ލިބެނީ 20 އަހަރެވެ. އަދި, ގްރޭސް ޕީރިއަޑްގެ ގޮތުގައި ލިބެނީ 18 މަސްދުވަހެވެ.

ބީއެމްލްގެ ހޯމް ޕާޗޭސިން ލޯން އަދި އިސްލާމިކް ވިންޑޯގެ ހޯމް ޕަރޗޭސިން ފައިނޭންސިންގ ދެނީ 20 ޕަސެންޓުގެ އިކުއިޓީއަކާއި، 9 ޕަސެންޓުގެ ރޭޓެއްގައެވެ. އަލަށް ގެއެއް ގަންނަ މީހުންނަށާއި، އިތުރު ތަނެއް ގަންނަން ބޭނުންވާ ގެދޮރުވެރީންނަށްވެސް އެ ޚިދުމަތް ބޭންކުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް