ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 12:10
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ޔާމީނުގެ ކެނޑިޑެސީ
ޔާމީނުގެ ކެނޑިޑެސީއާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް މާދަމާ
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހު
މިއީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. އިލެކްޝަންސް ކޮމިޝަން ގަޒިއްޔާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހަށް ތާވަލުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ޔާމީނުގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ޔާމީނުގެ ފަރާތުން ހުށައެޅުއްވި ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން ސުޕްރީމްކޯޓަށް ހުށަހެޅި (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާއާ ގުޅިގެން، 04 އޮގަސްޓް 2023 ވާ ހުކުރު ދުވަހުގެ 14:30 ގައި ސުޕްރީމް ކޯޓުގައި އަޑުއެހުން ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހުއެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެނޑިޑޭޓަކަށް ކުރީގެ ނާއިބްރައީސް އަދި ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ މުޙައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައި ފޯމު ހުށައަޅުއްވާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުއެވެ.

އެހެންނަމަވެސް އީސީން ވަނީ ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތުމަށް ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާތީއެވެ. އެއީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ ގެ (ޅ) ގައި ބުނާ ޝަރުތު ފުރިހަމަނުވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މި މައްސަލަ އޮތީ އިސްތިއުނާފު މަރުޙަލާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް