ބާސެލޯނާގެ ފޯވަޑް އޮސްމޭނޭ ޑެމްބެލޭ ދޮގުހަދާފައި ފްރާންސްގެ ޕީއެސްޖީއަށް ދާން ނިންމުމުން ހިތާމަކުރާ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.
ޑެމްބެލޭ އާއި ބާސެލޯނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2024ގެ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް މި އަހަރުގެ ޖުލައި 31ގެ ކުރިން 50 މިލިއަން ޔޫރޯ އަށް އޭނާ އަށް ކޮންޓްރެކްޓް ގަނެގެން އެހެން ކުލަބަކަށް ދެވިދާނެ އެވެ. އޭގެ ފަހުން މި ކޮންޓްރެކްޓް ގަނެވޭނީ 100 މިލިއަން ޔޫރޯ އަށެވެ.
އޭނާ ޕީއެސްޖީ އަށް ބަދަލުވާން ބޭނުންވުމުން މިހާރު ބާސެލޯނާ އާއި ޕީއެސްޖީން ދަނީ މިކަމާމެދު މަޝްވަރާތައް ފަށައިފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާގައި ޑެމްބެލޭ ޕީއެސްޖީ އަށް ބަދަލުވުމުގެ ކަންތައްތައް ނިމޭނެ އެވެ.
ކޯޗު ޒަވީ ބުނީ ޕީއެސްޖީ އަށް ބަދަލުވުމާ ބެހޭ ގޮތުން ޑެމްބެލޭއާ ވާހަކަ ދެއްކުމުން ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށް ޑެމްބެލޭ ފުރަތަމަ ބުނި ކަމަށެވެ. ނަމަވެސް ފަހުން ހިޔާލު ބަދަލުކުރީ ކަމަށެވެ.
އަހަރެން ވަރަށް ދެރަވެއްޖެ. އޭނާ ބުނި އަހަރެން ގާތުގައި ޕީއެސްޖީ އަށް ދާން ބޭނުންވާ ވާހަކަ. އަދި ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއި އެކުލަބުގެ ރައީސް އަލް ހަލީފާއާ މަޝްވަރާކުރާ ވާހަކަ. އަހަރުމެން އޭނާ ބަހައްޓަން ބޭނުންވި. އެކަމަކު އޭނާ ދާން ބޭނުންވުމުން މިކަމުގައި އަހަރުމެންނަށް ކުރެވޭނެ ކަމެއްނެތްޒަވީ
އިޓަލީގެ އޭސީ މިލާން އަތުން 1-0އިން މޮޅުވި މެޗަށް ފަހު ޒަވީ ބުނީ ބާސެލޯނާ ދޫކޮށް ބްރެޒިލްގެ ނޭމާ ޕީއެސްޖީއަށް ބަދަލުވުމުން ނޭމާގެ ކެރިއަރު އަޑިގަނޑަކަށް ވެއްޓުނު ގޮތާމެދު މިސާލު ޖަހައި ޑެމްބެލޭ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރި ކަމަށެވެ.
އެކަމަކު އޭނާ އަށް ވިސްނައިދެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް. އޭނާގެ ނިންމުމަކީ ވަރަށް ޒާތީ ދިރިއުޅުމާ ގުޅިފައިވާ ނިންމުމެއް. އަދި އޭނާގެ ފަހުގެ ނިންމަކީ ޕީއެސްޖީ އަށް ބަދަލުވުން ކަމަށް ބުނެފިޒަވީ
އޭނާ އަދި ބުނީ ޕީއެސްޖީން ޑެމްބެލޭ އަށް ހުށަހަޅާ އަގާއި މުސާރައަކީ އެއާ ވާދަކުރެވޭނެ އަދަދެއްނޫން ކަމަށެވެ. ނަމަވެސް ބާސެލޯނާއިން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެމުން ދަނިކޮށް ޑެމްބެލޭ ކަންތައްތައް ކުރި ގޮތުން ދެރަވި ކަމަށެވެ.
އަހަންނާއި (ބާސެނާގެ ޓްރާންސްފާ ޗީފް) މަތިއު އަލެމަނީ ރެ އާއި އޭގެ ކުރީ ދުވަހު މިކަމާ މަޝްވަރާކުރިން. އޭނާގެ ކޮންޓްރެކްޓްގައ ހުރި ޝަތުރުތަކަށް ބަލާއިރު އޭނާ އަށް ދެވެން މަގުފަހިކުރެވެން އެބައޮތް. އޭނާ ހުރީ ވަރަށް އުފަލުން. އަހަރުމެން މިތިބީ ދެރަވެފައި. ކުޅުންތެރިޔާ އުފާވިޔަސް މިއީ އަހަރެން އުއްމީދުކުރި ކަމެއްނޫން. އެންމެ ފަހުން މިކަން މިހެންވުމުން އަހަރުމެން ދެން ތައްޔާރުވާންވީ އަނެއްކާ ވެސް ޓީމު ވަރުގަދަކުރަން. އޭނާ ނެތުމުން އެތަން ދައްކާނެޒަވީ
ބާސެލޯނާއިން ޑެމްބެލޭ ގަތީ 2017 ވަނަ އަހަރު ބޮރޫޝިޔާ ޑޯޓްމުންޑުން 105 މިލިއަން ޔޫރޯ އަށެވެ. ގާތްގާތުގައި އަނިޔާވެ، ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް އޭނާ ވަނީ 185 މެޗުގައި 40 ގޯލު ޖަހައިދީފަ އެވެ.