Advertisement
ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 10:54
ރައީސް ބާރަށުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ބާރަށުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރައީސް ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު
ދެވަނަ ދައުރެއްގައި ގެސްޓްހައުސް ހަދަން ފަންޑެއް ހުޅުވާނަން: ރައީސް
ހަނިމާދޫ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީވެ ނިމުމުން ރަށު ފަތުރުވެރިކަން ތަރައްގީވެގެންދާނެ
ސާފު ބޯފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫއު ކުރިއަށްދާއިރު މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ
ދެވަނަ ދައުރެއްގައި އެ ރަށުގައި ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި

ދެވަނަ ދައުރެއްގައި ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ގެސްޓްހައުސްތައް ހެދުމަށް ފަންޑެއް ހުޅުއްވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ބާރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ބާރަށަކީ ރަށު ފަތުރުވެރިކަމަށް އެންމެ ރަނގަޅު އެއް ރަށް ކަމަށާއި ބޮޑުތިލަދުންމައްޗަށް މި ސަރުކާރުން ގެންނަ ބަދަލާއެކު އެފަދަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓު ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީވެ ނިމުމުން ރަށު ފަތުރުވެރިކަން ތަރައްގީވެގެންދާނެ ކަމަށެވެ. އެހެންކަމުން, ދެވަނަ ދައުރެއްގައި ގެސްޓްހައުސް އެޅުމަށް ހާއްސަ ފަންޑެއް ހުޅުވައި ލުއި ލޯނުތަކެއް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިކަން މިއަހަަރުގެ އިންތިޚާބުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ބާރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީ ސަރުކާރުން އެ ރަށުގައި ފެނާއި ނަރުދަމާގެ މަސައްްކަތް ހުއްޓިފައި އޮތުންކަން ފާހަގަކުރައްވައި އެކަން ހައްލުކުުރުމަށް ކުރެވެން ހުރި ކަމެއް ބަލައި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. އަދި މިހާރު އެ ރަށުގައި ސާފު ބޯފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫއު ކުރިއަށްދާއިރު މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ބާރަށުގެ ތަރައްޤީއަށް އަދިވެސް ކުރަން ޖެހޭކަންކަން އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން, ރަށުގެ ރައްޔިތުން ބޯހިޔާވަހިކަމަށް އެދޭއިރު ދެވަނަ ދައުރެއްގައި އެ ރަށުގައި ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށާއި ރަށަށް މުދާ ބޭލުމާއި އެރުވުމުގައި ހުރި ދަތިތަކަށް ތިމާވެއްޓަށް ގެއްލުން ނުދީ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

މީގެ އިތުރުން ބާރަށު ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ސްކޫލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ ދައުރުގެ ކުރީކޮޅުގައި ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ ރިންގރޯޑާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ބާރަށަށް ވަޑައިގެންނެވި އިރު އޮތް ތާއީދަށްވުރެ މިހާރުގެ ތާއީދު ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެން ވެސް އެނގެނީ ރަށޫގެ ރައްޔިތުން ތަރައްޤީއާއެކު ކުރިއަށްދާން ބޭނުންވާ މިންވަރު ކަމަށެވެ. އަދި އެގޮތުގައި ތިއްބެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް