ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 08:01
ޓޮޓެންހަމަށް ކުޅެމުން އައި ބްރެޒިލްގެ ލޫކަސް މޯރާ
ޓޮޓެންހަމަށް ކުޅެމުން އައި ބްރެޒިލްގެ ލޫކަސް މޯރާ
ޓްވިޓަރ
ސައޯ ޕައުލޯ
ލޫކަސް މޯރާ ވެސް ސައޯ ޕައުލޯ އަށް
ސައޯ ޕައުލޯ އަށް އޭނާ ސޮއިކުރީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް

ޓޮޓެންހަމަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ލޫކަސް މޯރާ ސައޯ ޕައުލޯ އަށް ސޮއިކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ޓޮޓެންހަމާއެކު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހު އެވެ. މިއަހަރުގެ ޖަނަވަރީ މަހު ޓޮޓެންހަމުން ވަނީ މޯރާގެ އެއްބަސްވުން އައުނުކުރާ ކަމަށް ނިންމައި، އިއުލާނުކޮށްފަ އެވެ. އެހެންކަމުން އޭނާ ބްރެޒިލްގެ ސައޯ ޕައުލޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ސައޯ ޕައުލޯ އަށް އޭނާ ސޮއިކުރީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މޯރާ އެ ކުލަބާ ގުޅުނުކަން ސައޯ ޕައުލޯ އިން ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރަސްމީކޮށް އިއުލާން ކުރާނެ އެވެ. މޯރާގެ އިތުރުން ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް ވެސް ވަނީ ސައު ޕައުލޯ އަށް ބަދަލުވެފަ އެވެ.

މޯރާ އޭނާގެ ސީނިއާ ކެރިއަރު 2010 ވަނަ އަހަރު ފެށީ ވެސް ސައު ޕައުލޯ އިންނެވެ. އެ ކުލަބަށް ދެ އަހަރު ކުޅެދިނުމަށްފަހު، 2012 ވަނަ އަހަރު އޭނާ ބަދަލުވީ ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ޕީއެސްޖީގައި ހޭދަކުރި ހަ ސީޒަނުގައި އޭނާ ވަނީ އެކުލަބަށް 229 މެޗު ކުޅެދީ 46 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ ދޫކޮށް އޭނާ ޓޮޓެންހަމަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ޓޮޓެންހަމްގައި ވެސް އޭނާ ހޭދަކޮށްފައި ވަނީ ހަ ސީޒަނެވެ. އޭނާ ވަނީ އެ ކުލަބަށް 221 މެޗު ކުޅެދީ 39 ލަނޑު ޖަހައިދީފަ އެވެ. ޓޮޓެންހަމާއެކު މޯރާގެ އެންމެ ބޮޑު ކާމިޔާބަކީ 19-2018 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުމެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ދެެ ވަނަ ލެގުގައި އަޔެކްސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ހެޓްރިކް ހަދައި ޓޮޓެންހަމް މުބާރާތުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް