ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 21:15
އޮމަދޫ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސްފައި
އޮމަދޫ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސްފައި
އެމްޓީސީސީ
އޮމަދޫ ބަނދަރު ހެދުން
އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވެއްޖެ
 
މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

އދ. އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމަނު ސައިޓަށް ގެންގޮސްފިއެވެ.

އެމަސައްކަތް ކުރުމަށް ހަވާލުވެފައިވާ އެމްޓީސީސީން ބުނީ ޖުލައި 30 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 49,765 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 12,105 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,6470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 150 މީޓަރުގެ ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 66.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް