Advertisement
ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 11:59
ނަރުދޫ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމެއް ހިމެނޭ
ނަރުދޫ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމެއް ހިމެނޭ
ރައީސް އޮފީސް
ރައީސް ށ. އަތޮޅަށް
ރައީސް ނަރުދޫ ސްކޫލުގެ އައު އިމާރާތާއި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވައިފި
ނަރުދޫގެ ކުރީގެ އިންޖީނުގެއަކީ 31 އަހަރުވެފައިވާ އިންޖީނުގެއެއް
ނަރުދޫ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމެއް ހިމެނޭ
ފެނަކަ އައު އިންޖީނުގޭގައި، ދަތިކަމެއް ނެތި އެއްފަހަރާ 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ، ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ 3 ބުރީގެ އައު އިމާރާތާއި، ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަދި ފެނަކަ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޢިމާރާތްތައް ހުޅުއްވައި ދެއްވީ، މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އަންގާރަ ދުވަހު ހެނދުނުއެވެ.

ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ.

ނަރުދޫ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި، ހެލްތް ރޫމެއް އަދި ކޮމްޕިއުޓަރ ލެބެއް ހުރެއެވެ. މި ޢިމާރާތާއިއެކު ނަރުދޫ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބި ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިގެންދާނެއެވެ.

ނަރުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ ޢިމާރާތްވެސް ބައްލަވައިލެއްވިއެވެ.

Advertisement

މިޢިމާރާތުގައި އިދާރީ އޮފީހާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ކައުންސެލިންގ ރޫމްގެ އިތުރުން، މެޑިކަލް ސްޓޯރ އާއި ޖެނެރަލް ސްޓޯރއެއް އަދި ދެ ފާޚާނާ ހުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ނަރުދޫ ފެނަކަ އައު އިންޖީނުގޭގައި، ދަތިކަމެއް ނެތި އެއްފަހަރާ 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި މިއިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ބިނާކޮށްފައި ވާއިރު، އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 628ކިލޯވޮޓްއެވެ.

ނަރުދޫގެ ކުރީގެ އިންޖީނުގެއަކީ 31 އަހަރުވެފައިވާ އަދި ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ހުރި އިންޖީނުގެއެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް