ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 22:05
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީބްރޭންޑްކުރުން
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީބްރޭންޑްކުރުން
އެންޑީއޭގެ މަސައްކަތްތައް
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީބްރޭންޑްކޮށްފި
އެންޑީއޭއިން ވަނީ އެންޓި ޑްރަގް ޑޭ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައި
ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި އެންޑީއޭގެ ދިރާސާތައް އާއްމުކުރުމާއި އެންޑީއޭގެ މަސައްކަތްތައް ކުރިއާ މިހާރާ ހުރި ތަފާތުތަކަށް ވަނީ އަލިއަޅުވާލާފައި
އެންޑީއޭ ރީބްރޭންޑްކުރުމާއެކު، އެންޑީއޭގެ ވެހިކަލާއި ޔުނިފޯމްފަދަ ތަކެތިވެސް އާ ބްރޭންޑިންގއާ އެއްގޮތަށް ވަނީ ބަދަލުކޮށްފައި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީބްރޭންޑްކޮށްފިއެވެ.

އެންޑީއޭ ރީބްރޭންޑްކޮށްފައިވަނީ ބައިނަލްއަގުވާމީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީބްރޭންޑްކުރުން

އެންޑީއޭ ރީބްރޭންޑްކޮށްދެއްވީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ. އެމަނިކުފާނުގެ އަރިގައި އެމްޑީއޭގެ ސީއީއޯއާއި ބޯޑު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންޑީއޭ ރީބްރޭންޑްކުރުމާއެކު، އެންޑީއޭގެ ވެހިކަލާއި ޔުނިފޯމް ފަދަ ތަކެތިވެސް އާ ބްރޭންޑިންގއާ އެއްގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހޯމަ ދުވަހުގެ ޖަލްސާގައި އެންޑީއޭގެ އާ ލޯގޯ ވަނީ ދައްކާލާފައެވެ.

ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި އެންޑީއޭގެ ދިރާސާތައް އާއްމުކުރުމާއި އެންޑީއޭގެ މަސައްކަތްތައް ކުރިއާ މިހާރާ ހުރި ތަފާތުތަކަށް ވަނީ އަލިއަޅުވާލާފައެވެ.

އެންޑީއޭއިން ވަނީ އެންޓި ޑްރަގް ޑޭ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް