ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 16:28
ސައްޔިދު
ސައްޔިދު
ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހި ސާފް ލީގު
ރަންދާރާޅުގަނޑު: ޖޫނިއާ ޗެމްޕިއަންކަން ސައްޔިދަށް
ފައިނަލްގައި ސައްޔިދާއެކު ވާދަކޮށްފައިވަނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ

ތުލުސްދޫގައި މިހާރު ކުރިޔަށްދާ ދިވެހި ސާފް ލީގުގެ ރަންދާރާޅުގަނޑުގެ ޖޫނިއާ ޗެމްޕިއަންކަން ސައްޔިދު ސަލާހުއްދީން ހޯދައިފިއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ ފައިނަލްގައި ސައްޔިދާއެކު ވާދަކޮށްފައިވަނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ފައިނަލުގެ ޖާގަ ސައްޔިދު ހޯދީ ސެމީގައި ކަޔާން އަބްދުﷲ އަރީފް ބަލިކުރުމަށްފަހުއެވެ. ކަޔާން އަކީ ލީގު ތާވަލުގެ އެންމެ ކުރީގައި އުޅޭ އެތުލީޓެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި ގާމާދޫކޮޅު އިވެންޓު ކަމިޔާބުކޮށްފައެވެ. ސެމީގެ ފުރަތަމަ ހީޓު ސައްޔިދު ކާމިޔާބުކުރީ 13.66 ގެ ނަތީޖާއަކާއެކުއެވެ. ކަޔާން އަށް ލިބުނީ 6.33 ޕޮއިންޓެވެ.

ފައިނަލުގެ ދެވަނަ ޖާގަ ޔޫސުފް ކަޔާން ހޯދީ ސެމީގެ ދެވަނަ ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކުރުމަށްފަހުއެވެ. ޔޫސުފް ކަޔާން 10.50 ހޯދާފައިވާއިރު އިނާން އަށް ލިބުނީ 8.60 ޕޮއިންޓެވެ.

ފައިނަލް ހީޓު ސައްޔިދު ކާމިޔާބުކުރީ 12.50 ގެ ނަތީޖާ އަކާއެކުއެވެ. ޔޫސުފް ކަޔާންއަށް ލިބުނީ 7.84 ޕޮއިންޓެވެ. މިއާއެކު ސައްޔިދު ވަނީ ލީގު ތާވަލުގައިވެސް ޔޫސުފް ކަޔާން އާ އަރާ ހަމަކޮށްފައެވެ. ދެ އެތުލީޓުންނަށްވެސް ލިބުނީ 2220 ޕޮއިންޓެވެ. ތާވަލުގެ އެއްވަނަ ލިބެނީ ކަޔާން އަބްދުﷲ އަރީފަށެވެ. އޭނާއަށް ވަނީ ޖުމްލަ 3190 ޕޮއިންޓު ލިބިފައެވެ. އަދި މި އިވެންޓުގެ ސެމީއަށް ދަތުރުކޮށް، އިނާން ވަނީ 2800 ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައެވެ.

ދިވެހި ސާފް ލީގުގެ ފަހު އިވެންޓަކީ ރަންނަމާރި ޗެލެންޖެވެ. މިއަހަރުގެ ޗެމްޕިއަން ކަށަވަރު ވާނީ އެ އިވެންޓަށްފަހުއެވެ.

- ކޮމެންޓް