އިންގްލެންޑާއި ވޭލްސްގައި އެސިޑް ބޭނުން ކޮށްގެން ދޭ ހަމަލާތައް އިތުރުވުމާއި ގުޅިގެން ދޭ އަދަބު ބޮޑު ކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ފަށައިފިއެވެ.
އެސިޑް ބޭނުންކޮށްގެން ދޭ ހަމަލާކާއި ގުޅިގެން ދޭ އަދަބު މުރާޖައާ ކުރުމަށް ކަމާބެހޭ ފާރާތްތަކުން މަސައްކަތް ފަށާފައިވާއިރު ސަރުކާރުގެ މިނިސްޓަރުންނަށް ދަނީ ކަމާބެހޭ ހަރުކަށި ގާނުން ފާސްކުރުމަށް ޕްރެޝަރު ކުރިމަތިވަމުންނެވެ. އެގޮތުން އެސިޑް ވިއްކުމާއި އަދި ގެންގުޅުމަށް ވެސް ބޮެޑެތި އަދަބުތައް ގާނޫނުތަކުގެ ތެރެއިން ދިނުމަށް ދަނީ ގޮވާލަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ލަންޑަނުގައި އެސިޑް ބޭނުންކޮށްގެން ފަސް ހަަމަލާ ދީފައިވެއެެވެ. ބުރާސްފަތި ދުވަހުގެ ރޭ ލަންޑަނުގައި ދިން އެސިޑް ހަަމަލާތަކާއި ގުޅިގެން 16 އަހަރު ކުއްޖަކަަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ. މިހަމަލާތަކާއި ގުޅިގެން ހޯމް ސެކްރެޓަރީ އެމްބާ ރަޑް މީޑިއާތަކަށް ވިދާޅުވީ ކަންކުރި ފަރާތްތައް ގާނޫނުގެ ފުރިހަމަ ބާރު އިހްސާސް ކުރަން ޖެހޭނެ ކަމަށެވެ.
އެސިޑް ބޭނުން ކޮށްގެން ދޭ ހަމަލާތައް އިތުރުވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ ހޯމަ ދުވަހު ބަހުސް ކުުރުމަށް ވެސް ހަމަޖެހިފައެވެ.
ނުރައްކާތެރި މާއްދާތައް ބޭނުންކޮށްގެން ނުވަތަ އެސިޑް ބޭނުންކޮށްގެން 2017ގެ ފުރަތަމަ ހަމަސް ދުވަހު އިންގްލެންޑާއި ވޭލްސްގައި 400 އަށް ވުރެ ގިނަ އެސިޑް ހަަމަލާ ދީފައިވެއެވެ.