ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 09:57
އަދާލަތު ޕާޓީގެ ޖަގަހަ ހުޅުވުން
އަދާލަތު ޕާޓީގެ ޖަގަހަ ހުޅުވުން
އެމްޑީޕީ
އަދާލަތު ޕާޓީގެ ޖަގަހަ
ފުވައްމުލަކު ސިޓީ އަދާލަތު ޕާޓީގެ ޖަގަހަ ރައީސް ހުޅުއްވައިދެއްވައިފި
ރިޔާސީ އިންތިޚާބުގައި އަދާލަތުން ވަނީ ރައީސަށް ތާއިދުކުރުމަށް ނިންމާފައި

ފުވައްމުލަކު ސިޓީ އަދާލަތު ޕާޓީގެ ޖަގަހަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މި ޖަގަހަ ހުޅުއްވައިދެއްވީ ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ވަނީ އާދިއްތަ ދުވަހު އެ ސިޓީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ވެސް ހުޅުއްވައިދެއްވާފައެވެ.

އަދާލަތު ޕާޓީގެ ޖަގަހަ ރައީސް ހުޅުއްވާދެއްވައިފައިވާއިރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމިކަން ހާމަކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ޤާއިމުކުރުމުގެ އިތުރުން ރައީސް ސާލިހަށް ތާއިދު ކުރުމަށް ނިންމީ މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެފައިވާތީ ކަމަށް އަދާލަތުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް