ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 08:21
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީލޯ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީލޯ
ގޯލް.ކޮމް
ޑެނީލޯ ރެއާލް ދޫކޮށްލަނީ
ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި
ޑެނީލޯ ހޯދުމަށް އާސެނަލް އަދި ޔުވަންޓަސްވެސް ބޭނުންވޭ
ޑެނީލޯ ބޭނުންވަނީ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭ ކްލަބަކަށް ބަދަލުވާން

ޗެލްސީއަށް ބަދަލުވުމާ ގާތަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ޑެނީލޯ ޖެހިލައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލް އިން 35 މިލިއަން ޔޫރޯ އަށް ޑެނީލޯ ވިއްކާލަން އޮތީ ތައްޔާރަށެވެ. އެގޮތުން އޭނާ ހޯދުމަށް ޗެލްސީ އަދި ޔުވަންޓަސް އިން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުވަންޓަސްގައި ޑެނީ އަލްވޭސް ރިޕްލޭސް ކުރުމަށް ޑެނީލޯ ގެންނަން މަސައްކަތްކުރާއިރު، އާސެނަލް އިން ވެސް އަންނަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް މާސާ އިން ބުނީ ޑެނީލޯ ބޭނުން ވަނީ ރެއާލްއާ އެކު ކާމިޔާބީ ހޯދުމަށް އެޓީމުގައި މަޑުކުރަން ކަމަށެވެ.

މި ސީޒަނުގައި ރެއާލްގެ ފުރަތަމަ އެގާރައިން ޑެނީލޯއަށް ޖާގަ ލިބުން މަދުވިއިރު، އޭނާ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޑެނީލޯ ބޭނުން ވަނީ ރެއާލްގައި މަޑުކޮށް ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް މަސައްކަތްކުރަންށެވެ.

އާސެނަލް އިން އެޓީމުގެ މިޑްފިލްޑަރު ހެކްޓާ ބެލެރިން ބާސާއަށް ވިއްކާލުމަށް ފަހު ޑެނީލޯ ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، ބާސާއަށް ބެލެރިން ބަދަލުވުމާ ގާތަށް ވަނީ އައިސްފައެވެ. އެހެންނަމަވެސް އެ މަގާމަށް ޑެނީލޯ ނޫން އެހެން ކުޅުންތެރިޔަކު ގެންނާނެ ކަމަށް ބެލެވެއެވެ.

ޕޯޗުގަލްގެ އެފްސީ ޕޯޓޯ ދޫކޮށްލުމަށް ފަހު، 2015 ވަނަ އަހަރު ރެއާލްއާ ގުޅުނު ޑެނިލޯވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެޓީމަށް ކުޅުނު 54 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް