Advertisement
ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 07:08
އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލުން
އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލުން
އަމީނީ މަގުގެ މަސައްކަތް
އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލައިފި
އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލިކަން ހާމަކުރީ ހޮނިހިރު ދުވަހު
އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައި
މިހާރު ކުރިއަށް ދަނީ ކޮމްޕެކްޓް ކުރުމުގެ މަސައްކަތް

އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީން ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލުމަށް ފަހު މިހާރު ކުރިއަށް ދަނީ ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ސެގްމެންޓް 9 ގައި ދުވާރުގެ މަސައްކަތާއި ހޮޅި އެޅުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

Advertisement

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަމުންދާއިރު އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައެވެ. އާރްޑީސީން މީގެ ކުރިން ބުނީ ސްކޫލް ޗުއްޓީއަށް ފަހު ސްކޫލު ހުޅުވެންވާއިރަށް އަމީނީ މަގުގައި މިވަގުތު ކުރިއަށްގެންދާ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރަމުންދާތީ، އެ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ވަނީ މި މަހުގެ ކުރީކޮޅު ފަށާފައެވެ. ގަވާއިދާއި ޚިލާފަށް އަމީނީ މަގުގައި ޕާކްކުރުމުގެ ސަބަބުން މަގުގެ ބޮޑު ޖާގައެއް ގެއްލި، ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށް ދަތިވާތީ ކަންބޮޑުވުން ފާޅުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް