ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 07:24
މެންބަރު އަބްދުއްރަހީމް އަބްދުﷲ
މެންބަރު އަބްދުއްރަހީމް އަބްދުﷲ
ގޫގުލް
ޓުވީޓް
މި ޤައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ރައީސް ޔާމީނާއެކު ކުރިއަށް ދިއުން: އަބްދުއްރަހީމް
ރައީސް އަބްދުﷲ ޔާމީންއާއި އެކީ މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް

މި ޤައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ރައީސް ޔާމީނާއެކު ކުރިއަށް ދިއުންކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅޫވެފައި ވަނީ ރައްޔިތުން އެދެނީ ކުރިއެރުމާއި ތަރައްޤީކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންއާއި އެކީ މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށާއި މިހާތަނަށް ދިވެހި ޤައުމު ދުށް އެންމެ އޯގާތެރި ވެރިޔަކީ ރައީސް ޔާމީން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ އެކު، ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ގޮނޑި ގެއްލުނުކަމުގައިވީ ނަމަވެސް އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އަބްދުއްރަހީމް ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މައްސަލައަށް ތާއިދުކޮށްފަ އެވެ. 

- ކޮމެންޓް
17 ޖުލައި 2017 | ހޯމަ 09:56
އަންތަރީސް
މިއަށް ކިޔަނޭ މޮޔައިންނޭ. ކޮންމެ ޕާޓީއެއްވިއަސް ކަމުގެ އެންމެ ރަނގަޅުގޮތް ބެލުން މުހިންމު. އެހެންވެއްޖިއްޔާ މީހަކުދޭ ކޮންމެ އެއްޗެއްވެސް ބަލާލުމެއްނެތި ކާންވީތާ ދޯ؟ ވިހައެއްޗެއްވެސްތޯ ބަލައިގެން ނުވާނެ. ބުއްދި ކޮބައިތޯ ؟
16 ޖުލައި 2017 | އާދީއްތަ 14:32
ފަތައްސީލާ
Kaleaa dhimaalah bunan oiy ethi huthuru kamun nubunan ninmee.
16 ޖުލައި 2017 | އާދީއްތަ 13:54
ރާޅު
މި އަދުރޭ އަކީ ވައްކަން ކޮއްގެން އަރުވާލުމައް ހުކުމް ކކުރެވުނު މީހެއްކަމައް ވަރައް ގިނަމީހުން ބުނޭ.. މިއީ އަނެއްކާ ތެދެއްބާ؟ އަޅުގަޑައް މިކަމާއިބެހޭ މައުލޫމާތު ނޭގޭތީ ހަމަ އަހާލީ... މިއީ ތެދެކައް ވާނަމަ މީނަ މިގޮވާލަނީ ވައްކަމައް ތާއީދު ކުރުންތޯ ވެސް ސުވާލު އުފެދޭ.. އަދީބު ބުނާ ގޮތާއި އަދުރޭގެ ހުކުމް މިއީ އަސްލަކައް ވެއްޖިއްޔާ.....