ކ. މާލެ
|
29 ޖުލައި 2023 | ހޮނިހިރު 12:00
އެޗްޕީއޭއިން ބުނީ، މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށް
އެޗްޕީއޭއިން ބުނީ، މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށް
މޯލްޑިވިއަން ރެޑް ކްރެސެންޓް
ބަލި ފެތުރުން
މާލެ ސަރަހައްދުގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ "ނޯރޯވައިރަސް" ގެ ރޯގާއެއް: އެޗްޕީއޭ
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ގިނަ ގިނައިން އަތް ދޮވުން ހިމެނޭ
ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ

މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި، ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މިރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ގިނަ ގިނައިން އަތް ދޮވުން ހިމެނޭކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށެވެ.

ވުމާއެކު، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށާއި، ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

އޭގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމާއި، މީހުން ގިނަ ތަންތަނަށް ނުދިއުންވެސް މި ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެކިއުޓް ގެސްޓްރޯއެންޓަރައިޓިސް (އޭޖީއީ؛ ޑައިރިއާ އަދި ބަނޑުގައި ރިއްސުން) ގެ ކޭސްތައް ފާއިތުވި 2 ހަފުތާގެ ތެރޭގައި އިތުރުވަމުން އަންނައިރު، އެހެން އަހަރުތަކުގައި ވެސް ޗުއްޓީ ދުވަސްތަކުގައި ވެސް މި ބަލި ފެނިފައިވާ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން އާދަޔާ ހިލާފަށް ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހުން އިތުރުވެފައިވާ ކަމަށެވެ.

އޭ.ޖީ.އީ.ގެ އަލާމާތްތައް ކަމުގައިވާ ބޭރަށް ހިންގުމާއި އަދި ބަނޑުގައި ރިއްސުމުގެ އަލާމާތް ފެނިއްޖެނަމަ، ބޭސްފަރުވާ ހޯދުމަށް ބާރަށް ނިކުންނަ ވަގުތު ފިޔަވައި ގޭގައި ތިބުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ދިޔާތަކެތި ބޭނުން ނުކުރެވި، ނުވަތަ މަދުން ކުޑަކަމުދާނަމަ ނުވަތަ ވަރުބަލިވުން ނުވަތަ ބޮލުގައި ރިއްސާނަމަ ވަގުތުން ފަރުވާ ހޯދުމާއި، އޯއާރުއެސް (ލޮނު ޕެކެޓް) ބޭނުންކުރުން، އަދި ގާތުން ކިރުދޭ ކުދިންނަށް ގިނައިން ކިރުދިނުމަށް ވަނީ އިރުޝާދު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް