ކ. މާލެ
|
29 ޖުލައި 2023 | ހޮނިހިރު 00:23
ރަންދާރާޅުގަނޑު އިވެންޓުގެ ތެރެއިން
ރަންދާރާޅުގަނޑު އިވެންޓުގެ ތެރެއިން
ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހި ސާފް ލީގު
42 ރާޅާ އެޅުންތެރިންނާއެކު ދިވެހި ސާފް ލީގުގެ "ރަންދާރާޅުގަނޑު" ފަށައިފި
މިއީ ދިވެހި ސާފް ލީގުގެ މި އަހަރުގެ ހަތަރުވަނަ އިވެންޓު

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިޔަށްގެންދާ ދިވެހި ސާފް ލީގުގެ މި އަހަރުގެ ހަތަރުވަނަ އިވެންޓު، "ރަންދާރާޅުގަނޑު" ހުކުރު ދުވަހު ފަށައިފިއެވެ.

މާލެ އަތޮޅު ތުލުސްދޫގައި ކުރިޔަށްދާ މި އިވެންޓުގައި ޖުމްލަ 42 ސާފަރުން ބައިވެރިވެއެވެ. މި މުބާރަތުގައި ކުރިޔަށް ދާނީ ފިރިހެން އޯޕަން ބަޔާއި ޖޫނިއާ ފިރިހެން ބައެވެ. އެގޮތުން، ފިރިހެން އޯޕަން ބައިގައި 40 ސާފަރުން ވާދަކުރާއިރު، ޖޫނިއާ ބައިގައި ނުވަ ސާފަރުން ވާދަކުރެއެވެ.

ހުކުރު ދުވަހު ކުރިޔަށް ގެންގޮސްފައިވަނީ ފިރިހެން އޯޕަންގެ ފުރަތަމަ ބުރުގެ ހީޓުތަކެވެ. މި ބައިގައި ބައިވެރިވެފައިވާ 40 ސާފަރުން ބަހާލެވިފައިވަނީ ޖުމަލް 12 ހީޓަކަށެވެ. ފުރަތަމަ ބުރުގެ ހީޓުތަކުން އެއްވަނަ އަދި ދެވަނަ ހޯދި ސާފަރުންނަށް ވަނީ ތިންވަނަ ބުރުން ޖާގަ ޔަގީންވެފައެވެ. ތިންވަނަ އާއި ހަތަރު ވަނައަށް ދިޔަ ސާފަރުން ވާދަކުރާނީ ދެވަނަ ބުރުގައެވެ.

ފުރަތަމަ ބުރުގައި އެންމެ މަތިން ސްކޯ ކޮށްފައިވަނީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. އޭނާ ވަނީ 12 ވަނަ ހީޓުގައި 14.67 ސްކޯ ކޮށްފައެވެ. އަންމަޑޭ އާ ޖެހިގެން އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ ދެވަނަ ހީޓުގައި ވާދަކުރި އަހުޒަމް އިބްރާހިމެވެ. އޭނާ ވަނީ 14.33 ސްކޯ ކޮށްފައެވެ.

ދިވެހި ސާފް ލީގުގެ ތިން އިވެންޓް މިހާތަނަށް ނިމިފައިވާއިރު، 2470 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރި ހޯދާފައިވަނީ ހުސައިން އަރީފް (އިބޫ) އެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި "ގާމާދޫކޮޅު" ކާމިޔާބުކޮށްފައެވެ. ދެވަނައިގައި ހޫދު އަހުމަދު (ހޫބްޒް) އަށް ލިބިފައިވަނީ 2080 ޕޮއިބްޓެވެ. އަދި ދެވަނަ އިވެންޓު ކަމަށްވާ "މުލީކޮޅު ރާޅުގަނޑު" ކާމިޔާބުކުރި އަންމަޑޭ އަށް ލިބިފައިވަނީ 2060 ޕޮއިންޓެވެ. އެންމެ ފުރަތަމަ އިވެންޓު "ކަޅެގަލެކޮޑާ" ކާމިޔާބުކުރީ ނަޖާހު މުހައްމަދެވެ.

މި އަހަރުގެ އެންމެ ފަހު އިވެންޓު ކަމަށްވާ ރަންނަމާރި ޗެލެންޖު އޮންނާނީ އޮކްޓޫބަރު މަހު 27 އިން ނޮވެމްބަރު 5 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް