ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 18:54
ރިޔާދު މާރޭޒް
ރިޔާދު މާރޭޒް
ޓްވިޓަރ
ރިޔާދު މާރޭޒް
ސިޓީގެ މާރޭޒް، ސައުދީގެ އަލް އަހްލީއަށް
 
މާރޭޒް ސައުދީގެ ކުލަބާ ގުޅުނީ 30 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން

މެންޗެސްޓަރ ސިޓީގެ ރިޔާދު މާރޭޒް، ސައުދީ ޕްރޯ ލީގުގެ އަލް އަހްލީއަށް ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް އުމުރުން 32 އަހަރުގެ މާރޭޒް ސައުދީގެ ކުލަބާ ގުޅުނީ 30 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

2018 ވަނަ އަހަރު ލެސްޓާ އިން ސިޓީއާ މާރޭޒް ގުޅުނީ 60 މިލިއަން ޕައުންޑަށެވެ. މިދިޔަ ސީޒަނުގައި ސިޓީން ޓްރެބަލް ހޯދިއިރު، އޭނާ ވަނީ 47 މެޗުން 15 ލަނޑު ޖަހާފައެވެ. ސިޓީގައި ހޭދަކުރި ފަސް ސީޒަނުގައި މާރޭޒް ވަނީ އެ ޓީމާއެކު 10 މުބާރަތް ކާމިޔާބުކޮށްފައެވެ.

މާރޭޒް ބުނީ އޭނާ ސިޓީއަށް ދިޔައީ ގިނަ މުބާރާތްތަކެއް ހާސިލްކުރުމަށް ކަމަށެވެ. އަދި ސިޓީގައި އެ ލަނޑުދަނޑި ހާސިލްވި ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން އޭނާ ބުނީ، ސިޓީއަށް ކުޅެން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ހަތަރު ކުލަބަކަށް ޚަރަދުކުރާއިރު، އޭގެ ތެރެއިން އެއް ކުލަބަކީ އަލް އަހްލީއެވެ. ސައުދީ ޕްރޯ ލީގުގެ އަމާޒަކީ ދުނިޔޭގެ ގަދަ ފަސް ލީގުގެ ތެރޭގައި ސައުދީ ޕްރޯ ލީގު ހިމެނުމެވެ.

އަލް އަހްލީ އިން ވަނީ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ އާއި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯވެސް ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް