ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 14:24
ށ. މަތިކޮމަންޑޫގެ ބިން ހިއްކުން
ށ. މަތިކޮމަންޑޫގެ ބިން ހިއްކުން
ށ. މަތިކޮމަންޑޫގެ ބިން ހިއްކުން
ށ.މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ށ. ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު
މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފަ
އެ މަސައްކަތް ކުރިއަށް ދަނީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން

ށ. މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް ކުރިއަށް ދަނީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރ ”ފިލިޕޯ ބްރުނެލޭޝީ“ އިންކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މަތިކޮމަންޑޫ ހިއްކުމަށް މި ޑްރެޖަރ މޮބިލައިސްކުރެވިފައި މިވަނީ ހއ. އިހަވަންދޫގެ ބިން ހިއްކާ ނިންމުމަށްފަހު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެ ކަމަށެވެ. މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ށ. ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ބިން ހިއްކައިގެން ގުޅުވާލުމުގެ އިތުރުން މަތިކޮމަންޑޫއިން އިތުރު 16 ހެކްޓަރުގެ ބިން ވެހިއްކާނެ ކަމަށެވެ. މީގެ އިތުރުން އެ މަޝްރޫއުގެ ދަށުންބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމް ކުރުމަށާއި ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް