Advertisement
ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 11:55
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ހޮޑުލުމާއި ބޭރަށް ހިންގުން
މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވެއްޖެ
އައިޖީއެމްއެޗް އާއި އޭޑީކޭގެ އީއާރަށް އަންނަ ކޭސްތައް ވަނީ އިތުރުވެފައި

މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވެއްޖެއެވެ.

މާލޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗް އަދި އޭޑީކޭ އިން ވެސް ވަނީ އެ ހޮސްޕިޓަލުތަކުގެ އީއާރުއަށް ހޮޑުލުމުގެ ގިނަ ކޭސްތަކެއް ލިބެމުން އަންނަކަމަށް ބުނެފައެވެ.

Advertisement

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި ހޮޑުލާ ކުޑަކުދިންގެ ގިނަވެ އައިޖީއެމްއެޗްގެ އީއާރު އޮތީ ފުރިފައެވެ. އެހެންކަމުން މިކަމަށް ސަލާވުމަށާއި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް އޭނާ ހިއްސާ ކުރެއްވިއެވެ. އެގޮތުން، ކެއުމުގެ ކުރިން އަތްދޮވުމާއި އަވަސް އަވަހަށް އަތް ދޮވުމާއި ހޮޑަށް ބޭސް ދިނުމާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މާބޮޑަށް ވަރުދެރަވެ، އަށްގަޑިއިރު ވަންދެން ކުޑަކަމު ނުދާނަމަ އައިވީ ދޭން ޖެހޭނެއެވެ.

އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު ވެސް ވިދާޅުވީ ހޮޑުލެވޭތީ އީއާރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނިޔާފު ވެސް ރައްކާތެރިވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް ވިދާޅުވިއެވެ. އެގޮތުން، ބޯ ފެނަކީ ރައްކާތެރި ފެން ކަން ކަށަވަރު ކުރުމަށް އިލްތިމާސްކުރެއްވިއެވެ. ކެއްކި ފެނާއި ފިލްޓަރު ކޮށްފައި ހުންނަ ފެން ރައްކާތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމިއްލަ ސާފުތާހިރު ކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރެއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މާލޭގައި އިތުރުވަމުން އަންނަކަން ފާހަގަކުރެވައިފާ ކަމަށެވެ. އޭގެ ސަބަބު ދެނެގަތުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް