Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 00:37
ގެއްލިގެން ހޯދަމުންދާ މުހައްމަދު ޝަފީއު (49އ)
ގެއްލިގެން ހޯދަމުންދާ މުހައްމަދު ޝަފީއު (49އ)
ޓްވިޓަރ
މީހަކު ގެއްލިގެން ހޯދުން
ފުއްވަމުލަކުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް

ފުވައްމުލަކުން ގެއްލުނު މީހާ އަދިވެސް ނުފެންނަކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުން ގެއްލުނީ އުމުރުން 49 އަހަރުގެ ފިރިހެނެއެކެވެ. މި މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 12:05 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ، ފުވައްމުލަކު އޮޅުތެރޭގޭ މުހައްމަދު ޝަފީއުއެވެ. އޭނާ ގެއިން ނުކުމެގެން ދިޔައީ ހުކުރު ދުވަހުގެ ރޭ 11:30 އެހާކަންހާއިރު ކަމަށާއި އޭގެފަހުން އޭނާ ނުފެންނަ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް