ކ. މާލެ
|
27 ޖުލައި 2023 | ބުރާސްފަތި 09:17
ސިޓީން ބަޔާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ސިޓީން ބަޔާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
މެންޗެސްޓަރ ސިޓީން ބަޔާން ބަލިކޮށްފި
 
މީގެ ކުރިން ސިޓީން ކުޅުނު މެޗާ އެއްގޮތަށް މި މެޗު ވެސް ސިޓީން ފެށީ މުހިންމު ބައެއް ކުޅުންތެރިން ނުލައި

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފި އެވެ.

ސިޓީން ބަޔާންގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މީގެ ކުރިން ސިޓީން ކުޅުނު މެޗާ އެއްގޮތަށް މި މެޗު ވެސް ސިޓީން ފެށީ މުހިންމު ބައެއް ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ޔާއޯ ކަންސޭލޯ، އާލިން ހާލަންޑް، އައިމަރިކް ލަޕޯޓް، ރޮޑްރީ އަދި ފިލް ފޮޑެން ހިމެނެ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން މި ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. މެޗު ފަަށައިގެން 21 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޖޭމްސް އެވެ. ބަޔާނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 81 ވަނަ މިނެޓުގައި މަތީސް ޓޭލް އެވެ. އޭގެ ފަސް މިނެޓު ފަހުން ލަޕޯޓް ވަނީ ސިޓީ މެޗުން މޮޅުވި ލަނޑު ޖަހައިދީފަ އެވެ.

ސީޒަން ފެށުމުގެ ކުރިން ސިޓީން ދެން ކުޅޭނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ބަޔާނުން ކުޅޭނީ ކަވަސާކީ، ލިވަޕޫލް، އަދި މޮނާކޯއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް