ކ. މާލެ
|
26 ޖުލައި 2023 | ބުދަ 21:44
ސެކިއުރިޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ އިންޑިއާއިން ޗައިނާގެ ބީވައިޑީ ކުންފުނީގެ 1 ބިލިއަން ޑޮލަރުގެ ހުށަހެޅުން ރިޖެކްޓްކޮށްލައިފި
ސެކިއުރިޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ އިންޑިއާއިން ޗައިނާގެ ބީވައިޑީ ކުންފުނީގެ 1 ބިލިއަން ޑޮލަރުގެ ހުށަހެޅުން ރިޖެކްޓްކޮށްލައިފި
ބްލޫމްބާރްގް
ޗައިނާ-އިންޑިއާ ގުޅުން
ސެކިއުރިޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ އިންޑިއާއިން ޗައިނާގެ ބީވައިޑީ ކުންފުނީގެ 1 ބިލިއަން ޑޮލަރުގެ ހުށަހެޅުން ރިޖެކްޓް ކޮށްލައިފި
އިންޑިއާގެ ސަރުކާރުން ދަނީ ޗައިނާގެ ކާރު އުފައްދާ ކުންފުނި އެސްއައިސީ މޮޓޯގެ ޔުނިޓެއް ކަމަށްވާ އެމްޖީ މޮޓޯ އިންޑިއާ ވެސް ތަހުގީގު ކުރަމުން
ބީވައިޑީން އިންވެސްޓްމަންޓް ޕްރޮޕޯސަލް ހުށަހަޅާފައި މިވަނީ ޗައިނާގެ ފަރުމާތަކަށް އިންޑިއާއިން ފާރަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި

ހައިދަރުއާބާދުގައި ހުންނަ މެގާ އިންޖިނިއަރިން އެންޑް އިންފްރާސްޓްރަކްޗާއާ ގުޅިގެން އިންޑިއާގައި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ފެކްޓްރީއެއް ގާއިމް ކުރުމަށް ޗައިނާގެ ކުންފުނި ބީވައިޑީން ހުށަހެޅި ހުށަހެޅުމަށް އިންޑިއާ އިން ދެކޮޅު ހަދައިފިއެވެ.

މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުން ބީވައިޑީން ވަނީ އިންޑިއާގެ ކުންފުންޏަކާ ގުޅިގެން އިންޑިއާގައި އިލެކްޓްރިކް ކާރާއި ބެޓެރީ އުފެއްދުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ޕްރޮޕޯސަލެއް ހުށަހަޅާފައެވެ.

ބީވައިޑީން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ އިލެކްޓްރިކް ވެހިކަލް (އީވީ) މާކެޓުގެ 40 ޕަސެންޓް ހިފެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް އެކުންފުނިން އިންވެސްޓްމަންޓް ޕްރޮޕޯސަލް ހުށަހަޅާފައި މިވަނީ ޗައިނާގެ ފަރުމާތަކަށް އިންޑިއާއިން ފާރަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ސަރުކާރުން ދަނީ މާލީ ގޮތުން ގަވާއިދާ ހިލާފު ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އެކުންފުނީގައި އެބަހުރި ކަމަށްބުނެ، ޗައިނާގެ ކާރު އުފައްދާ ކުންފުނި އެސްއައިސީ މޮޓޯގެ ޔުނިޓެއް ކަމަށްވާ އެމްޖީ މޮޓޯ އިންޑިއާ ވެސް ތަހުގީގު ކުރަމުންނެވެ.

އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮމާސް، ޑިޕާޓްމަންޓް ފޯ ޕްރޮމޯޝަން އޮފް އިންޑަސްޓްރީ އެންޑް އިންޓަރނަލް ޓްރޭޑް (ޑީޕީއައިއައިޓީ) އިން ބީވައިޑީން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން އެހެން ޑިޕާޓްމަންޓްތަކުގެ ހިޔާލުވެސް ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާ އާއި އެމެރިކާ ފަދަ އެހެން ގައުމުތަކާ އަޅާބަލާއިރު، އިލެކްޓްރިކް ވެހިކަލް އުފެއްދުމުގައި އިންޑިއާއިން އުޅޭނީ ފަހަތުގައެވެ.

- ކޮމެންޓް