ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 19:55
މިސްކިތްމަގު އަދި ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން
މިސްކިތްމަގު އަދި ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން
ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން ކަޕް
މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ
މުބާރާތުގެ ސެމީގެ މެޗުތައް ފަށާނީ މިމަހުގެ 19 ވަނަ ދުވަހު
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު

މިހާރު ފުވައްމުލަކުގައި ކުރިއަށްދާ ވޮލީބޯޅް އެސޯސިއޭޝަން ކަޕް ވިމެންސް ޑިވިޝަންގައި މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރިއިރު ފޭދޫ ސްޕޯޓްސް އާއި ޕޮލިސް ކްލަބް ކުޅުނު މެޗުތައް ވެސް އެޓީމްތަކުން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު މިސްކިތްމަގު އެންމެންގެ ގުޅުން އަދި ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބައްދަލުކުރި މެޗް މިސްކިތްމަގުން ކާމިޔާބުކުރީ ފަސޭހަކަމާއި އެކު ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތަށް މިސްކިތްމަގުން ގެންދިޔައީ 25-10، 25-20 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގު ޓީމުގެ އައިޝަތް މާޖިދާއެވެ.

ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗުގައި ދަ ފޭދޫ ސްޕޯޓްސް އާއި ފޭދޫ ޔޫތް ކޮމިއުނިޓީ ބައްދަލުކުރި މެޗް ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3 ސެޓް 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ 2 ސެޓު ފޭދޫ ސްޕޯޓްސް އިން ގެންގޮސްފައި ވަނިކޮށް ފޭދޫ ޔޫތް ކޮމިއުނިޓީއިން ވަނީ 3 ވަނަ ސެޓު ގެންގޮސްފައެވެ. ނަމަވެސް ފޭދޫ ސްޕޯޓްސް އިން ވަނީ ވަރުގަދަ ކުޅުމަކަށްފަހު 4 ވަނަ ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 25-18، 25-22، 22-25 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ އައިމިނަތް ރާޝިދާއެވެ.

ހޮނިހިރު ދުވަހު ކުޅުނު ފަހު މެޗުގައި ފްރެންޑްސް ކްލަބް ފުނާޑްގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދީ ސީދާ 3 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ގެންދިޔައީ 29-27، 25-17 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝީދާއެވެ.

މުބާރާތުގެ ސެމީގެ މެޗުތައް މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް