ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 14:37
ބަނގުރާތަކެއް
ބަނގުރާތަކެއް
ޕޮލިސް މީޑިޔާ
ވާދޫ އަށް ބަނގުރާ އެތެރެކުރަން އުޅުން
ރ ވާދޫއަށް އެތެރެކުރަން އުޅުނު ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
އެ އޮޕަރޭޝަނަކީ ވާދޫއަށް ސަފާރީއަކުން ހުއްދަނެތި ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް

ރ. ވާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ޖުލައި 24 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ވާދޫއަށް ސަފާރީއަކުން ހުއްދަނެތި ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ވާދޫ ޕޮލިސް ޑެސްކާއި އަލިފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 455 ފުޅި ބަނގުރާ އަދި 52 ދަޅު ބަނގުރާ އެ ސަފާރީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އަލިފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް