އައްޑޫ ސިޓީ
|
25 ޖުލައި 2023 | އަންގާރަ 10:39
އައްޑު އީދި ސަމާ 1444
އައްޑު އީދި ސަމާ 1444
ރިޒްނާ ޒަރީރު
މިނިވަން ދުވަސް ފާހަގަކުރުން
މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން އައްޑޫ ސިޓީގައި ގިނަ ހަރަކާތްތަކެއް!
 
ފުޅަނދުބުރު ގުޅިފައިވާ އަވަށްތަކުގައި ވެސް ދައްކާލާނެ

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން އައްޑޫ ސިޓީގައި ގިނަ ހަރަކާތްތަކެއް ބާއްވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެގޮތުން އެންމެ ފުރަތަމަ 26 ޖުލައި ވަނަ ދުވަހުގެ ހެނދުނު 6:00ގައި ސިޓީ ސްކެއަރގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ އައްޑޫ ހައި ސްކޫލުގައި ބުދަ ދުވަހުގެ ހެނދުނު 9:00ގައި ކުރިއަށްދާނެ އެވެ. އެ ޖަލްސާގައި ނާއިބު ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް އަދި ދިރާގު ގުޅިގެން ހުޅުދޫ ޕޮލިސް ދަނޑުގައި އާއިލީ ހަވީރެއް އޮންނާނެއެވެ. އަދި މިނިވަން ދުވަހުގެ އެންމެ ބޮޑު ހަރަކާތެއްގެ ގޮތުން މިނިވަން އުފާގެ ނަމުގައި ކުރިއަށްގެންދާ ފުޅަނދު ބުރާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ހަވާ އެރުވުން ސިޓީ ސްކެއަރގައި 27 ޖުލައި ވަނަ ދުވަހުގެ ރޭ 20:30ގައި ކުރިއަށްދާނެ އެވެ.

ސިޓީ ކައުންސިލުން ބުނީ ފުޅަނދުބުރު ގުޅިފައިވާ އަވަށްތަކުގައި ވެސް ދައްކާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގެ ބޮޑުމަގުން އެރޭ 8:30އިން ފެށިގެން ފުޅަނދު ބުރު ދާނެ އެވެ. މިއީ މިފަދަ މުނާސަބަތަކާއި ގުޅިގެން ފުޅަނދުބުރެއް ބާއްވާ ފުރަތަމަ ފަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް