ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 07:52
ކްލަބް މޯލްޑިވްސް ކަޕް މެޗެއްގެ ތެރެއިން: ފޮޓޯ-ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސް ކަޕް މެޗެއްގެ ތެރެއިން: ފޮޓޯ-ކްލަބް މޯލްޑިވްސް
ކްލަބު މޯލްޑިވްސް
ކްލަބް މޯލްޑިވްސް ކަޕް، ކްލެސިކް
ޓީމް ޑީޖޭއޭ ކްލެސިކް މުބާރާތުގެ ދެވަނަ ބުރަށް
ޑީޖޭއޭ އޮތީ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައި

ކްލަބް މޯލްޑިވްސްގެ ދެވަނަ ފަންތީގެ މުބާރާތް, ކްލަބް މޯލްޑިވްސް ކްލެސިކްގެ ދެވަނަ ބުރުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖާގަ ހޯދައިފިއެވެ.

އެ ޓީމް ދެވަނަ ބުރު ޔަޤީން ކުރީ ދެވަނަ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނަ މެޗުގައި ކުރިހޯދީ ތައުލީމީ ގުޅުމާ ވާދަކޮށް 6-1 ނެވެ. މެޗުގައި ޑީޖޭއޭގެ އިބްރާހީމް ނައީމް ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އޭނާއެވެ. މީގެއިތުރުން މުހައްމަދު ގުރައިޝް ވެސް ދެ ލަނޑު ޖެހިއެވެ. އެޓީމްގެ އަނެއް ދެ ލަނޑު ޖެހީ ސައުދުالله އަހުމަދާއި, މުހައްމަދު އަޖުވަދު ސޮލާހުއެވެ. ތައުލީމީ ގުޅުމުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އަޒުމޫންއެވެ. މިގްރޫޕްގެ ދެވަނާގައި އޮތީ ތިން ޕޮއިންޓާއެކު ޓްރާންސްޕޯޓެވެ. އެއީ 4-2 ން އައިޖީއެމްއެޗް ކްލަބް ބަލިކޮށްގެން ހޯދި ތިން ޕޮއިންޓެވެ. އައިޖީއެމްއެޗާއި, ތައުލީމީ ގުޅުން އޮތީ ޕޮއިންޓަކާއެކުއެވެ.

ގްރޫޕް ޑީގައި ޓީމް ބަދަހި ވަނީ 11-1 ން މީޓިއޮލޮޖީ ބަލިކޮށްފައެވެ. އަދި ރައީސް އޮފީހުގެ ޓީމްގެ މައްޗަށް 5-2 ން ކްލަބް 220 ވަނީ ކުރި ހޯދާފައެވެ. މިގްރޫޕްގެ އެއްވަނާގައި ހަ ޕޮއިންޓާއެކު އޮތީ ކްލަބް220 އެވެ. ދެވަނާގައި އޮތް ޓީމް ބަދަހިއާއި, ތިންވަނާގައި އޮތް ރައީސް އޮފީހަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި މޫސުމާބެހޭ އިދާރާއެވެ.

- ކޮމެންޓް