ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 07:18
ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ
ގޯލް.ކޮމް
އަލް ހިލާލް
އަލް ހިލާލް އިން އެމްބާޕޭ އަށް ރެކޯޑު ހުށަހެޅުމެއް
 
އެކުލަބުން ވަނީ 300 މިލިއަން ޔޫރޯ ލިބޭ ހުށަހެޅުމެއް ޕީއެސްޖީ އަށް ފޮނުވައިފައި

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހޯދުމަށް ރެކޯޑި އަގެއްގެ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ 2024 ވަނަ އަހަރުގެ ޖޫން މަހަށެވެ. އެހެންކަމުން ޕީއެސްޖީން ބޭނުންވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ނަމަވެސް އެމްބާޕޭ ހުރީ ކުލަބުގެ އެއްބަސްވުން އައު ކުރާ ގޮތަކަށް ނޫނެވެ. އެހެންވެ، ހިލޭ ޓްރާންސްފާއެއްގައި ކުލަބު ދޫކޮށްލުމުގެ ފުރުސަތު އެމްބާޕޭ އަށް ނުދިނުމަށް ޕީއެސްޖީން ވަނީ ނިންމައިފަ އެވެ. ޕީއެސްޖީން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ޖަޕާން ކޭމްޕަށް އެކުލަވާލި ސްކޮޑުން ވެސް އެމްބާޕޭ އަށް ފުރުސަތު ދީފައެއް ނުވެ އެވެ.

އެމްބާޕޭ ވިއްކާލަން ޕީއެސްޖީން ބޭނުންވުމާއެކު، އޭނާ ހޯދުމަށް އަލް ހިލާލް އިން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން އެކުލަބުން ވަނީ 300 މިލިއަން ޔޫރޯ ލިބޭ ހުށަހެޅުމެއް ޕީއެސްޖީ އަށް ފޮނުވައިފަ އެވެ. މިއީ ރެކޯޑު ހުށަހެޅުމެކެވެ. ނަމަވެސް އެކަމާ ގުޅިގެން އަލް ހިލާލުން އެމްބާޕޭއާ މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. އަލް ހިލާލް އިން އެމްބާޕޭ ހޯދުމަށް ރެކޯޑު ހުށަހެޅުމެއް ދިން ނަމަވެސް، އޭނާ އެކުލަބަށް ބަދަލުވުން ގާތް ނޫން ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި އެމްބާޕޭ ބަދަލުވާން ބޭނުންވާނީ ޔޫރަޕުގެ ކުލަބަކަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.

އެމްބާޕޭ ހޯދުމުގެ ޝައުޤުވެރިކަން ސްޕެއިންގެ ރެއާލް މެޑްރިޑުން ވެސް ގެންގުޅެ އެވެ. އޭނާ ވަނީ އެކުލަބާއެކު ބައެއް ކަންކަމަށް އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ރެއާލްގެ ރައީސް ވިދާޅުވެފައި ވަނީ އެ ކުލަބުން އެމްބާޕޭ ގެންނާނެ ކަމަށާއި، ނަމަވެސް އެކަން މިއަހަރު އަދި ނުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް