ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 07:31
މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން
މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ފަހަތުން އަރައި ސިޓީން ޔޮކޮހަމާ ބަލިކޮށްފި
 
ސިޓީން މެޗު ކާމިޔާބު ކުރީ 5-3 އިން

ކުރިއަށް އޮތް އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި މެންޗެސްޓަރ ސިޓީން ފަހަތުން އަރައި ޖަޕާނުގެ ޔޮކޮހޮމާ ބަލިކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ 11 ގައި ސިޓީގެ ގިނަ މުހިންމު ކުޅުންތެރިން ހިމަނައިފައެއް ނުވެ އެވެ. ނަމަވެސް ސިޓީން ދެ ވަނަ ހާފު ފަށައިފައި ވަނީ ވަރުގަދަ ކޮށެވެ. ދެ ވަނަ ހާފުގައި ސިޓީން ވަނީ އާލިން ހާލަންޑު، ބެނާޑޯ ސިލްވާ، ފިލް ފޮޑެން، ރޮޑްރީ އަދި ޔާއޯ ކަންސޭލޯ ފަދަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޔޮކޮހޮމާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ ލޯޕްސް ޖެހި ލަނޑުންނެވެ. އޭގެ 10 މިނެޓު ފަހުން މަޓްސުބްރާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެއީ ޖޯން ސްޓޯންސް އާއި ހޫލިއަން އަލްވަރޭޒް ޖެހި ލަނޑުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ސިޓީ އަށް ލީޑު ނަގައިދިނީ ހާލަންޑު އެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި ރޮޑްރީ ވަނީ ސިޓީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް ޔޮކޮހޮމާގެ އިނޯ ވަނީ 86 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ ފަހު ލަނޑުގެ އިތުރު ވަގުތުގައި ޖެހީ ހާލަންޑު އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސިޓީން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް