ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 10:17
އެސްޓަން ވިލާގެ ކޯޗު އެމެރީ އާއެކު ޑިއާބީ
އެސްޓަން ވިލާގެ ކޯޗު އެމެރީ އާއެކު ޑިއާބީ
ޓްވީޓަރ
އެސްޓަން ވިލާ
އެސްޓަން ވިލާ އިން ޑިއާބީގެ ސޮއި ހޯދައިފި
ޑިއާބީ ހޯދުމަށް އެސްޓަން ވިލާ އިން 50 މިލިއަން ޔޫރޯ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ޖަރުމަނު ލީގުގެ ބަޔާ ލެވަކޫސަނަށް ކުޅެމުން އައި ފްރާންސްގެ ވިންގް ކަމަށްވާ މޫސާ ޑިއާބީގެ ސޮއި އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އިން ހޯދައިފި އެވެ.

ދާއިމީ އެއްބަސްވުމުއްގެ ދަށުން ޑިއާބީ އެސްޓަން ވިލާ އަށް ސޮއިކޮށްފައި ވަނީ އޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ދެ ވަނަ ބިޑެއް ވެސް ކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭނާ ވަނީ އަލް ނަސްރުގެ ހުށަހެޅުން ޤަބޫލު ނުކޮށް އެސްޓަން ވިލާ އަށް ބަދަލުވެފަ އެވެ. ޑިއާބީ ހޯދުމަށް އެސްޓަން ވިލާ އިން 50 މިލިއަން ޔޫރޯ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޑިއާބީ އެސްޓަން ވިލާ އަށް ބަދަލުވުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައި ވަނީ އެ ޓީމުގެ ކޯޗު އުނާއި އެމެރީ އެވެ.

މީގެ ކުރިން ޑިއާބީއަށް ވަނީ ޕްރިމިއާ ލީގުގެ ކުލަބެއްގެ ހުށަހެޅުން ލިބިފައެވެ. ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑުން ޑިއާބީ ހޯދުމަށް 50 މިލިއަން ޕައުންޑުގެ އަގަކަށް ތައްޔާރުވި ނަމަވެސް، ލެވަކޫސަނުން ވަނީ އޭނާގެ އަގު 75 މިލިއަން ޕައުންޑަށް މަތިކޮށްފައެވެ. އެ އަގަށް އެއްބަސްނުވެވުމުގެ ސަބަބުން ނިއުކާސަލްއަށް އޭނާ ހޯދޭ ގޮތް ވަނީ ނުވެފައެވެ.

ޑިއާބީ ލެވަކޫސަނަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 172 މެޗުގައި 49 ލަނޑު ޖަހާފައެވެ. ނިމުނު ސީޒަނުގައި ޑިއާބީ ވަނީ ލެވަކޫސަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ ކުރިން އޭނާ ވަނީ ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ވެސް ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް