ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 14:44
ގައުމީ ބެޑްމިންޓަން ޓީމް
ގައުމީ ބެޑްމިންޓަން ޓީމް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
މޮރިޝަސް ޗެލެންޖު
މޮރިޝަސް ޗެލެންޖު: ކުއާޓަރގައި ރާއްޖޭގެ ދެ ޕެއާއަށް ނާކާމިޔާބު
 
ގައުމީ ޓީމަށް ވަނީ އައިއޯއައިޖީގެ ކުރިން ރަނގަޅު ތަޖުރިބާތަކެއް ލިބިފައި

މިހާރު ކުރިޔަށްދާ މޮރިޝަސް އިންޓަނޭޝަނަލް ޗެލެންޖުގެ ކުއާޓަރ ފައިނަލުގައި ރާއްޖޭގެ ދެ ޕެއާ ނާކާމިޔަބާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަދު ކުރިޔަށްދިޔަ ކުއާޓަރ ފައިނަލުތަކަށް ބަލާއިރު، ފިރިހެން ޑަބަލްސްގައި ރާއްޖޭގެ އަހުމަދު ނިބާލްއާއި މުހައްމަދު އަޖްފާން ރަޝީދުގެ ޕެއާ ވާދަކޮށްފައިވާއިރު، އަންހެން ޑަބަލްސްގައި އާމިނަތު ނަބީހާ އަބްދުއްރައްޒާގާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގުގެ ޕެއާ ވަނީ ވާދަކޮށްފައެވެ.

އިންޑިއާގެ ޕެއާއަކާ ވާދަކޮށް ނިބާލްއާއި އަޖްފާންގެ ޕެއާ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު 21-7ން ނިމުނުނަމަވެސް، ދެވަނަ ސެޓުގައި ރާއްޖޭގެ ޕެއާ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ދެވަނަ ސެޓު ނިމުނީ 21-16އިންނެވެ.

އަންހެން ޑަބަލްސްގައި އެމެރިކާގެ ޕެއާއަކާ ވާދަކޮށް ނަބާހާއާއި ނަބީހާގެ ޕެއާވެސް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު 21-13އިން ނިމުނުއިރު، ދެވަނަ ސެޓު ނިމުނީ 21-11އިންނެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ކުޅުންތެރިންނަށް ވަނީ މި މުބާރާތް ނިމިފައެވެ.

މުބާރާތުގައި ވަނައެއް ނުލިބުނުނަމަވެސް، ރާއްޖޭގެ ޓީމު މުބާރާތް ނިންމާލީ ހުސްއަތަކާ ނޫނެވެ. ގައުމީ ޓީމަށް ވަނީ އޮގަސްޓު މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ރަނގަޅު ތަޖުރިބާތަކެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް