ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 07:53
ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭ
ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭ
ރޮއިޓާސް
ޕީއެސްޖީ
ޕީއެސްޖީ ޖަޕާން ދަތުރުގެ ސްކޮޑުން އެމްބާާޕޭ ބޭރުކޮށްފި، މަސައްކަތްކުރަނީ ވިއްކާލަން!
 
ޖަޕާން ކޭމްޕުގެ ސްކޮޑުން ޕީއެސްޖީން އެމްބާޕޭ ބޭރުކުރަން ނިންމީ، ކުލަބުގެ އެއްބަސްވުން އައުކުރުމަށް އޭނާ ބޭނުން ނުވާތީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ޖަޕާނަށް ކުރާ ކޭމްޕަށް އެކުލަވާލި ސްކޮޑުން، އެ ކުލަބުގެ ތަރި ކީލިއަން އެމްބާޕޭއަށް ފުރުސަތު ނުދޭން ނިންމައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޕީއެސްޖީން ވަނީ ޖަޕާން ސްކޮޑުގައި ބައިވެރިވާނެ ކުޅުންތެރިންގެ ލިސްޓު އާންމުކޮށްފައެވެ. އެ ލިސްޓުން އެމްބާޕޭ އުނިކޮށްފައިވާއިރު، އެންމެ ފަހުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އޭނާ ވަނީ ކުޅެފައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވާގޮތުން ޖަޕާން ކޭމްޕުގެ ސްކޮޑުން ޕީއެސްޖީން އެމްބާޕޭ ބޭރުކުރަން ނިންމީ، ކުލަބުގެ އެއްބަސްވުން އައުކުރުމަށް އޭނާ ބޭނުން ނުވާތީއެވެ. އެހެންކަމުން ޕީއެސްޖީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެމްބާޕޭ ވިއްކާލުމަށް ކަމަށްވެސް ވަނީ ބުނެފައެވެ. ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީގެ އެއްބަސްވުން އައުކުރަން ބޭނުންނުވާކަމަށް އެމްބާޕޭ ބުނިފަހުން، ކުލަބުގެ ރައީސް ނާސިރު އެލް ހެއްލާފީ ވަނީ އެކަމާ ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ. އޭނާ އޭރުވެސް ވިދާޅުވީ ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭއަށް ޕީއެސްޖީ ދޫކޮށްނުލެވޭނެ ކަމަށެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ބުނެފައިވާއިރު، އޭނާ ހޯދުމުގެ ޝައުގުވެރިކަން ސްޕެއިންގެ ރެއާލް މެޑްރިޑުން ގެންގުޅެއެވެ. އެކަމާ ގުޅިގެން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެފައިވަނީ، އެކުލަބަށް އެމްބާޕޭ ގެންނާނެ ކަމަށެވެ. ނަމަވެސް އެއީ މިއަހަރު ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް