ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 07:35
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ޕީއެސްޖީ
ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުން ޕީއެސްޖީއަށް މޮޅެއް
 
ޕީއެސްޖީން މި މެޗުތައް ކުޅެމުން ގެންދަނީ އައު ކޯޗު ލުއިސް އެންރީކޭގެ ބެލުމުގެ ދަށުން

ކުރިއަށް އޮތް އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ޕީއެސްޖީ ކުޅުނޫ ލީ ހާވްއާ ދެކޮޅަށެވެ. އެ މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 2-0ންނެވެ. މެޗުގެ ފުރަތަމަ 11ގައި ޕީއެސްޖީގެ ގިނަ މުހިންމު ކުޅުންތެރިން ހިމަނާފައި ނުވިނަމަވެސް، އެ ކުޅުންތެރިންނަށް ވަނީ ބެންޗުން އަރައި، ކުޅުމަށް ފުރުސަތު ދީފައެވެ. ޕީއެސްޖީގެ ދެ ލަނޑުވެސް ދެވަނަ ހާފުގައި ޖެހިއިރު، ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ޖެހީ ހޫގޯ އެކިޓައިކްއެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައިވަނީ މާކޯ އަސެންސިއޯގެ ބަދަލުގައެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ ފުރަތަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޖެހީ ކީލިއަން އެމްބާޕޭއެވެ. މެޗުގައި އެމްބާޕޭ ކުޅެން ނިކުމެފައި ވަނީ އިސްމައެލް ގާބީގެ ބަދަލުގައެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީން އަދި ރަހުމަތްތެރިކަމުގެ ހަތަރު މެޗު ކުޅުމަށް ވަނީ ނިންމާފައެވެ. ޕީއެސްޖީން މި މެޗުތައް ކުޅެމުން ގެންދަނީ އައު ކޯޗު ލުއިސް އެންރީކޭގެ ބެލުމުގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް