ކ. މާލެ
|
21 ޖުލައި 2023 | ހުކުރު 15:47
އެޑިއުކޭޝަން މިނިސްޓަރު
އެޑިއުކޭޝަން މިނިސްޓަރު
އެޑިއުކޭޝަން މިނިސްޓްރީ
ތައުލީމީ ދާއިރާ
92 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އެކި މަރުހަލާތަކުގައި އެބަހުރި - އެޑިއުކޭޝަން މިނިސްޓަރު
 
ތައުލީމީ ދާއިރާ އިން ކޮންމެ ރަށެއްގައިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި
 
ސްކޫލަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި

92 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ހއ.އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ކަވަރޭޖްގެ ތެރެއިން އެކަމަނާ ރާއްޖެ ޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލްތަކުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަސައްކަތެއް ކަަމަށެވެ. މިހާރުވެސް ބައެއް މަލްޓިޕަރޕަސް ހޯލްތަކުގެ މަސައްކަތް އެއްކޮށް ނިންމާ ހުޅުވާފައިވާ ކަމަށާއި، ބައެއް ތަންތަން ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރިއަށް ނުގޮސް ކޮންޓްރެކްޓްކޮށްފައިވާ މަލްޓިޕަރޕަސް ހޯލްތަކާއި ބިޑް މަރުހަލާގައި ވެސް ބައެއް މަސައްކަތްތައް ހުރިކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލަށް ބޭނުންވާ އެހެނިހެން އިމާރާތްތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ތައުލީމީ ދާއިރާ އިން ކޮންމެ ރަށެއްގައިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެެއް ދަންފަޅިއަށް ބަދަލުކުރުމަށް ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެކަމަނާ ވަނީ ވިދާޅުވިއެވެ. އެގޮތުން ކްލާސްރޫމްތަކުގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ ލައިބްރަރީ އާއި ލެބޯޓްރީ ފަދަ ވަސީލަތްތައް ވެސް ޤާއިމްކޮށްދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ މީގެ ކުރިން ރިޔާސީ އިންތިޚާބު އަންނަ އިރު އާއްމުން އެންމެ ބޮޑަށް އެދެނީ ސްކޫލާއި މަލްޓި ޕަރޕަސް ހޯލް އަޅާ ދިނުމަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެކަން ފެންނަނީ ނިސްބަތުން މަދު ރަށަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި