ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 13:33
ފުޓުބޯޅަ ކުޅުނު ބައެއް ލެޖެންޑުން
ފުޓުބޯޅަ ކުޅުނު ބައެއް ލެޖެންޑުން
ޓްވިޓަރ
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!
ޕްރިމިއާ ލީގު މިފަހަރު ފަށާނީ ވަރަށް ފޯރިގަދަކޮށް
ގެންނަ ލެޖެންޑް ފުޓުބޯޅަ ކުޅުން ވަނީ ހުއްޓާލާފައި
އޭނާ ވަނީ ޗެލްސީ އަދި އޭސީ މިލާނަށް ކުޅެފައި

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ، ޕްރިމިއާ ލީގު މިފަހަރު ފަށާނީ ވަރަށް ފޯރިގަދަކޮށް ކަމަށާއި، ހުޅުވާ މެޗަށް ދުނިޔޭގެ ފެންވަރު ލެޖެންޑެއް ގެންނާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ހުޅުވާ މެޗަށް ގެންނަ ލެޖެންޑް މިހާރު ފުޓުބޯޅަ ކުޅުން ހުއްޓާލާފައިވާއިރު، އޭނާ ވަނީ ޗެލްސީ އަދި އޭސީ މިލާން ފަދަ ކްލަބްތަކަށް ކުރިން ކުޅެފައިކަމަށާއި، ޔޫރޯ އަދި ވޯލްޑްކަޕްވެސް އޭނާ އުފުލާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ކުޅުންތެރިޔާގެ ވަނަވަރު ބައްސާމް ވިދާޅެއްނުވެއެވެ. އޭނާ ވިދާޅުވީ، އެއީ ސަޕްރައިޒެއް ކަމަށެވެ.

އެފްއޭއެމް އިން ވަނީ މީގެކުރިން ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒްވެސް ރާއްޖެ ގެނެސްފައެވެ. އެފަހަރު ޒަވީ ރާއްޖެ ގެނައީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ގޯލްޑް ޓީމު އަދި މިހާރުގެ ގައުމީ ޓީމު މެދުގައި ކުޅުނު ހާއްސަ މެޗަކަށެވެ.

މީގެއިތުރުން ދާދި ފަހުން އަމިއްލަ ފަރާތަކުން ވަނީ އެފްއޭއެމްއާ ގުޅިގެން އަތޮޅު ތެރޭގައި އޮތް މުބާރާތެއްގެ ފައިނަލަށް ބާސާ އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން ކާލޮސް ޕިޔޯލްވެސް ރާއްޖެ ގެނެސްފައެވެ.

މިފަހަރު ޕްރިމިއާ ލީގު އަންނަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޮނިގަނޑަށް ގެނައި ބަދަލާއެކު ޕްރިމިއާ ލީގުގައި ކުޅޭނީ ފުރަތަމަ ޑިވިޝަންގެ ގަދަ ހަތަރު ޓީމު އަދި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
15 ޖުލައި 2017 | ހޮނިހިރު 20:15
Ragoo
This was fantastic h
15 ޖުލައި 2017 | ހޮނިހިރު 17:51
ާއުސ
Christian Panucci
15 ޖުލައި 2017 | ހޮނިހިރު 17:01
އަހުމަދު ސުހައިލް
ފުރާންސް ގެ މާސެލް ޑިސައިލީ