Advertisement
ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 23:07
އިއާދު، އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
އިއާދު، އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ރައީސް ހއ އަށް ކުރައްވާ ދަތުރުފުޅު
ބޮޑުތިލަދުންމަތީގެ ތާރީޚުގައި ރައީސް ސާލިހުގެ ނަންފުޅު ލިޔާނީ ރަން އަކުރުން: އިއާދު
ރާއްޖޭގެ އިގްތިސާދު، އެންމެ ބާރަށް ކުރިއަރާ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އިއާދު ވިދާޅުވި
ހަނިމާދޫ އެއާޕޯޓާއެކު، ތިލަދުންމަތީގެ ގެސްޓް ހައުސްތައް ފުރާލާނެކަމަށް އޭނާ ވިދާޅުވި
އެ ސަރަހައްދު އިގްތިސާދީ ހަބަކަށް ހެދުމަށް މަސައްކަތްކުރާކަމަށް ވިދާޅުވި

ބޮޑުތިލަދުންމަތީގެ ތާރީހުގައި ރައީސް ސާލިހުގެ ނަންފުޅު ލިޔާނީ ރަން އަކުރުން ކަމަށް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

އިއާދު އެފަދައިން ވިދާޅުވީ ދިއްދޫގައި ބޭއްވި، އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެެވެ.

Advertisement

އިއާދު ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ތަރައްގީގެ ފަހަތުގައި ހުންނެވީ ރައީސް ސާލިހު ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑުތިލަދުންމަތި ޚާއްސަވާ ވަރަށް ގިނަ ސަބަބުތައް ހުރިކަަމަށެވެ. އެއީ ބޭރު ގައުމުތަކަށް ދަތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން ކޮށްގެން، ފަޚުރުވެރި ދިރިއުޅުމެއް އުޅުނު ބައެއް ކަަމަށް އިއާދު ވިދާޅުވިއެވެ. އަދި އެއީ މުހިންމު އިސްތިރާޖީ ސަރަހައްދެއް ކަަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރީގެ ސަރުކާރަކުން އެ ސަރަހައްދު ތަރައްގީކުރަން އިސްކަން ދީފައި ނުވާކަމަށް ވިދާޅުވިއެވެ. މިއިން ޒަމާނެއްގައި އެ ހިސާބުގައި ނުހިންގާ ވަރަށް ގިނަ މަޝްރޫއުތައް މި ސަރުކާރުން ހިންގާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސަރަހައްދު އިގްތިސާދީ ހަބަކަށް ހެދުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. ހަނިމާދޫ އެއާޕޯޓާއެކު ތިލަދުންމަތީގެ ގެސްޓް ހައުސްތައް ފުރާލާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ތިލަދުންމަތި، ފަތުރުވެރިކަމާއި ވިޔަފާރީގެ ނާރެހަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ. ހަނިމާދޫއިން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމުގެ ފުރުސަތު އަންނަ އަހަރު އިރާދަކުރެއްވިއްޔާ ހުޅުވޭނެ ކަމަށް އިއާދު ވިދާޅުވިއެވެ. އިއާދު ވިދާޅުވީ ރައީސްގެ ފަހަތްޕުޅުގައި އާއްމުން ތިބީ އެމަނިކުފާނުގެ ލީޑަރޝިޕާއި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ އިގްތިސާދު އެންމެ ބާރަށް ކުރިއަރާ އިގްތިސާދުތަކުގެ ތެރޭގައި ހިމެނެނީވެސް އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް