ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 22:32
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރޮޒެއިނާ ވާހަކަފުޅުދައްކަވަނީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރޮޒެއިނާ ވާހަކަފުޅުދައްކަވަނީ
ރާއްޖެ އެމްވީ އެމްޑީޕީ
ހއ އަށް ރައީސް ވަޑައިގަތުން
ކޮމަން ކެންޑިޑޭޓަކީ ރައީސް ސާލިހު އެކަނި، އެއަށްވުރެ ރަނގަޅު "ޗޮއިސް"އެއް ނެތް: ރޮޒެއިނާ
 
ރައީސް ސާލިހު ވައްކަންކުރެއްވި ކަމަށް ބުނުމުން ރައްޔިތުން އެކަން ގަބޫލެއްނުކުރޭ

ކޮމަން ކެންޑިޑޭޓަކީ ރައީސް ސާލިހު އެކަނި ކަމަށާއި, އެއަށްވުރެ ރަނގަޅު "ޗޮއިސް"އެއް ނެތްކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ރައީސް ސާލިހު ވައްކަންކުރެއްވި ކަމަށް ބުނުމުން ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. އިދިކޮޅުން ގޮވާލުމުން މީހުން މުޒާހަރާއަށް ނުނިކުންނަނީ ރައީސް ސާލިހު ވައްކަންކުރެއްވި ކަމަށް އެމީހުން ގަބޫލުނުކުރާތީ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ވައުދުފުޅެއް ވެވަޑައިގެންފިނަމަ އެ ވައުދުފުޅު ފުއްދަވާކަމަށާއި، 2018ގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާ ވާހަކަ، ދާ ކޮންމެ ރަށަކުން ދައްކާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ސާލިހަކީ ކާކުކަން މިހާރު ރައްޔިތުންނަށް އެނގޭކަމަށާއި، ރައްޔިތުން ދެކެ ރައީސް ވާ ލޯބި ރައްޔިތުންނަށް ފެނިއްޖެކަމަށް ވިދާޅުވިއެވެ. އަދި ރައީސަކީ މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އަމިއްލަ ޕާޓީގެ ތެރެއިން މެމްބަރުން ނިކުމެ، އެމަނިކުފާނާ އިދިކޮޅަށް އެއްޗެހި ކިޔުމުންވެސް ރައީސް އެއްވެސް އެއްޗެއް ވިދާޅުނުވުމުން އެމަނިކުފާނުގެ ކެތްތެރިކަން އެކަމުން ހާމަވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ އިތުރަށް ވިދާޅުވީ އެންމެންވެސް ރައީސް ސާލިހުދެކެ ލޯބިވާކަމަށެވެ. މިފަހަރުގެ އިންތިޚާބުގައިވެސް ރައީސް ސާލިހު އިންތިޚާބު ކުރާނީ އެއްބުރުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި