Advertisement
ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 19:38
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ހއ. އަށް ރައީސް ވަޑައިގަތުން
ހއ. ވަށަފަރަކީ ލޯކަލް ޓުއަރިޒަމަށް ފައްކާކުރަން އެންމެ ރަނގަޅު އެއް ރަށް - ރައީސް
ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ސްކޫލުގެ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި
ކުރިއަށް ހުރި ކަންކަމުގެ ތެރޭގައި، އެ ރަށަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވި
އެ ރަށު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވި

ހއ. ވަށަފަރަކީ ލޯކަލް ޓުއަރިޒަމަށް ފައްކާކުރަން އެންމެ ރަނގަޅު އެއް ރަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ހއ. ވަށަފަރުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

ރައީސް ވިދާޅުވީ އެ ރަށަކީ ލޯކަލް ޓުއަރިޒަމް ވަރަށް ރަނގަޅަށް ހިންގޭނެ ރަށެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި އެ ރަށުގެ އަސާސީ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ބޭނުންފުޅުވީ ތަފާތުކުރުމެއް ނެތި ޚިދުމަތް ދިނުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ސިޔާސަތުތައް ކަނޑައެޅުއްވިއިރު އެއްވެސް ރަށަކާމެދު ތަފާތުކުރުމެއް ގެންގުޅުއްވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ރަށުގެ ޚިދުމަތްތަކާމެދު ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ބުރާސްފަތި ދުވަހު ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ. ކުރިއަށް ކުރަން ހުރި ކަންކަމުގެ ތެރޭގައި އެ ރަށަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި އަންނަ ހަފުތާގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ސްކޫލުގެ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް