ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 16:03
ދެވަނަ، އިންސްޕެކްޓަރ ކޯހުގެ ބައިވެރިން
ދެވަނަ، އިންސްޕެކްޓަރ ކޯހުގެ ބައިވެރިން
ޕޮލިސް
އިންސްޕެކްޓަރ ކޯސް
އެންސީޕޯލްއިން ކުރިއަށްގެންދިޔަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
އިންސްޕެކްޓަރ ކޯހުގައި 41 ފުލުހުން ބައިވެރިވި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ، ދެވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިޔާތު ބާއްވައިފިއެވެ.

ކޯސް ނިންމުމަށް އެންސީޕޯލްގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

މެއި 17ން ޖުލައި 19ށް ކުރިއަށްގެންދިޔަ އިންސްޕެކްޓަރ ކޯހުގައި، ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތައް، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

އިންސްޕެކްޓަރ ކޯހުގައި 41 ފުލުހުން ބައިވެރިވިއެވެ. އެއީ ފިރިހެން 35 ބައިވެރިންނާއި އަންހެން 6 ބައިވެރިންނެވެ. އިންސްޕެކްޓަރ ކޯހުން އެއްވަނައަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝަހީދެވެ. ކޯހުން ދެވަނައަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު އަލީ ހޮވިފައިވާއިރު، ތިންވަނައަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝަޒީނާ ސައީދެވެ.

އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް