Advertisement
ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 15:44
ރައީސް ތަކަންދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސް ތަކަންދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސް ތަކަންދުއަށް ވަޑައިގަތުން
ތަކަންދޫ ރައްޔިތުންގެ ވިސްނުން ވަރަށް ސާފު، 2018ގައި ތަކަންދޫން އަޅުގަނޑަށް ވޯޓު ދިނީ ދަތި އުނދަގުލާއި ބިރުވެރިކަމުގައި - ރައީސް
ރައީސް ވަނީ ތަކަންދޫ ބަނދަރު ބޮޑުކުރައްވާނެކަމަށާއި ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް އިޖުތިމާއީ މަރުކަޒެއް ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައި
ބާރަށު ދާއިރާގެ މެމްބަރު ވިދާޅުވީ މީގެ 5 އަހަރު ކުރިން ފެންނަން އޮތީ ބިރުވެރި މާޒީއެއް ކަމަށް
ތަކަންދުއަކީ އެމްޑީޕީން ފެށި އިސްލާހީ މަސައްކަތުގައި މުހިންމު ހިއްސާއެއް އޮތް ރަށެއް ކަމަށް ރައީސް ވިދާޅުވި

ތަކަންދޫގެ ރައްޔިތުންގެ ވިސްނުން ވަރަށް ސާފުކަމަށާއި، 2018ގައި އެ ރަށުގެ ރައްޔިތުން އެ މަނިކުފާނަށް ވޯޓުދިނީ ދަތި އުނދަގުލާއި ބިރުވެރިކަމުގެ ތެރޭގައި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހއ. ތަަކަންދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެ ރަށުން 63 އިންސައްތަ ވޯޓު ދިންއިރު، އޭރު އެކަން ކުރީ ބިރުވެރިކަމުގެ ތެރޭގައި ތިބެގެން ކަމަށެވެ. މިއަދު ވިސްނަންވީ ކަމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން، ތަރައްގީގެ މަޝްރޫއުތައް ހުއްޓީދާނެތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ތަކަންދުއަކީ އެމްޑީޕީން ފެށި އިސްލާހީ މަސައްކަތުގައި މުހިންމު ހިއްސާއެއް އޮތް ރަށެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އިސްލާހީ މަސައްކަތުގެ ސަބަބުން ޖަލުގެ ތޭރިތަކަށް ދާން ޖެހުނު މީހުން އެ ރަށުގައި ތިބި ކަމަށް ވިދާޅުވިއެވެ.

Advertisement

ރައީސް ވަނީ ތަކަންދޫ ބަނދަރު ބޮޑުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް، އިޖުތިމާއީ މަރުކަޒެއް ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، މީގެ 5 އަހަރު ކުރިން ފެންނަން އޮތީ ބިރުވެރި މާޒީއެއް ކަމަށެވެ. އަދި އެ މާޒީ ދޫކޮށް މިނިވަންކަމާއެކު ބަސް ބުނުމުގެ ފުރުސަތު ހޯއްދަވައިދެއްވީ ރައީސް ސާލިހުގެ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހަކު ބޭނުން މަސައްކަތެއް ކޮށްގެން ހަމަޖެހިލައިގެން ނިދައި ހޭލާ އުޅެވެންފެށީ މި ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަމަޖެހުން ރާއްޖެއަށް ގެނެސްދެއްވީ ރައީސް ސާލިހުކަމަށް އޭނާ ވިދާޅުވިއެވެ. ހެޔޮލަފާ ވެރިއަކާއެކު ވެރިކަން ދަމަހައްޓައިގެން ނޫނީ މި އަމާންކަން ދަމަހައްޓާނެ ފުރުސަތެއް ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް